
ބޭނުންވާ ތަކެތި:
2 ޖޯޑް ބަތް (ކައްކާފަހުރި):
2 ޖޯޑް ކެރެޓް (ތުނިކޮށް ކޮށާފައި)
2 ޖޯޑް ކެޕްސިކަމް (ތުނިކޮށް ކޮށާފަހުރި)
2 ޖޯޑް ކެބެޖް (ތުނިކޮށް ކޮށާފައި)
2 ފިޔާ (ބޮޑު)
3 ޖޯޑް ބީޓް ރޫޓް (ތުނިކޮށް ކޮށާފަހުރި)
2 ގިތެޔޮ މިރުސް (ކުޑަް)
1 ޓޮމާޓޯ (ކިއުބްކޮށް ކޮށާފަ)
2 ޖޯޑް ވަޅޯމަސް (ކޮށާފަހުރި)
2 ލޮނުމެދު
½ 1 މޭޒުމަތީ ސަމުސާ ތެޔޮ
1 ކޯޅި ހިކަނދިފަތް
½ ސައިސަމުސާ ލޮނު
1 ދަޅު ޓޮމާޓޯ ޕޭސްޓް (ކުޑަ)
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ކެރެޓު، ކެބެޖު، ކެޕްސިކަމް، ބީޓްރޫޓް، ފިޔާ، އަދި ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. ޓޮމާޓޯ ފަޅާލާފައި އޮށްކޮޅު ނެގުމަށްފަހު ކިއުބްކޮށް ކޮށާލާށެވެ. އަދި ވަޅޯމަސްވެސް ކުދިކޮށް ކޮށާލާށެވެ. ދެން ލޮނުމެދު ކުދިކޮށް ތުނިކޮށް ކޮށާލާށެވެ.
އެއަށްފަހު ތެޔޮކޮޅު ތެއްޔަކަށް އަޅާ ހޫނު ކުރުމަށްފަހު އެއަށް ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް އަޅާފައި ފިޔާކޮޅު މަޑުވެ އެއަށް ރަން މުށި ކުލަ އަރަން ފަށަންދެން ކައްކާށެވެ. ކައްކަމުން ދާއިރު ދޭތެރެއަކުން ހަލާލަންވާނެ އެވެ.
ދެން ތުނިކޮށް ކޮށާލި ލޮނުމެދުކޮޅު ތެއްޔަށް އަޅާފައި އެއަށްވެސް ރަންކުލަ އަރަން ދެން ކައްކާލާށެވެ. ދެން ވަޅޯމަސް، ކެރެޓު، ކެބެޖު، ބީޓްރޫޓް އަދި ލޮނު ތެއްޔަށް އަޅާ އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ.
ދެން މަޑު ގިނީގައި ފަސް މިނެޓު ކައްކާލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާފައި ތެލީގެ މަތި ޖަހައިގެން މަޑު ގިނީގައި އަނެއްކާވެސް އިތުރު ތިން މިނެޓު ކައްކާލާށެވެ.
އެއަށްފަހު ބަތްކޮޅު ތެއްޔަށް އަޅާ އެއްކޮށްލާފައި އަދި މިނެޓެއްހާއިރު ކައްކާލާށެވެ. އެންމެ ފަހުން ތެލީގެ މަތިނެގުމަށް ފަހު ބަތްކޮޅު ރަނގަޅަށް ހާވާލުމުން އެހުރީ ބީޓްރޫޓް ބަތް ތައްޔާރުކޮށް ނިމިފަ އެވެ.
މީ ރޯދަމަހު ތަރާވީސް ގަޑީގައި ކާލަން ވަރަށް މީރު ބަތެކެވެ.