
"ކަރާ ފެޅުން މީމް ޗެލެންޖް" ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކަށް މެލޭޝިއާއަށް ދަތުރެއް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޗެލެންޖްގައި ކަސްޓަމަރުންނަށް އެމީހުންގެ އުފެއްދުންތެރި އަދި މަޖާ މީމްތައް، ރީލްތައް ނުވަތަ ޖިފްތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މީމްތަކުގެ މައިގަނޑު އަމާޒަކީ އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުން ކަރާ ފެޅުމަށް ކުރަމުންދާ ކަންކަމެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓިކް އެއާ މެދުވެރިކޮށް މެލޭޝިއާއަށް ދެ ޓިކެޓް (ދެކޮޅު) ލިބިގެންދާނެއެވެ. ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓަކީ ކޮންސިއާޖް ގްރޫޕް މޯލްޑިވްސްއެވެ.
މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހަދައި #OoredooKaraaFelhun ހޭޝްޓެގް ބޭނުންކޮށް، @ooredoomaldives އަދި @conciergegroupmaldives.mv އަށް ޓެގްކުރަންވާނެއެވެ. މިޗެލެންޖްގައި ބައިވެރިވެވޭނީ 31 މާޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:59 ގެ ކުރިންނެވެ.
މި ޗެލެންޖުގެ އިތުރު ތަފްސީލް ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް މަޑުކޮށްލުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފައެވެ.