ads
ރައްޔިތުންގެ މަޖިލިސް
ރައީސް އަނބުރާ ފޮނުވާލި ބެންޗުކުޑަކުރާ ބިލް މާދަމާއަށް އެޖެންޑާކޮށްފި
ރައީސް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލި ބެންޗުކުޑަކުރާ ބިލް މާދަމާގެ މަޖިލިހުގެ ޖަލްސާއަށް އަލުން އެޖެންޑާކޮށްފިއެވެ.
Advertisement

ސްޕްރީމް ކޯޓުން ބެންޗުކުޑަކުރަން ރައްޔިތުން މަޖިލީހުން ފާސްކުރި ބިލް އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުއިއްޒު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވީ މިމަހުގެ 11 ވަނދުވަހުއެވެ. 

މި ބިލް ވަނީ އަނެއްކާވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. މި ބިލް މާދަމާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމްކަމުގެ ތެރޭގައެވެ. 

ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރުމަށް އަވަސް އަރުވާލައިގެން ރައްޔިތުން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26 ވަނަދުވަހުއެވެ.  

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު މި ބިލް މަޖިލިހަށް ހުށައެޅީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މި ބިލު ހަމަ އެދުވަހުން އެދުވަހަށް ޕީއެންސީގެ ދެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުންގެ ތާއިދާއެކު މަޖިލިހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވިއެވެ. އަދި ކޮމެޓީއަށް ފޮނުވިތާ ގަޑިއިރެއްގެ ތެރޭގައި ދިރާސާކޮށް ކޮށް ނިންމާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ އަދި ޖެހިގެން އައި ދުވަހު މަޖިލިހަށް ކޮމެޓީން ރިޕޯޓް ހުށައެޅުމުން އިތުރު ވަގުތުތަކެއް ނުނަގާ ސަރުކާރު ހިންގާ ޕީއެންސީގެ 68 މެމްބަރުންގެ ތާއިދާއެކު ބިލް މި ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ވޯޓިން ސިސްޓަމަށް މައްސަލަ ޖެހިފައިވާކަމަށް ބުނެ ބިލަށް ވޯޓަށް އަހާފައިވަނީ ވެސް ވަކިވަކިން މެމްބަރުންގެ ނަން ގޮވާ އަނގަބަހުން ވޯޓް ދޭ ގޮތަށެވެ. 

މި ބިލް ރައްޔިތުން މަޖލީހުން ފާސްކުރިތާ ކުޑަ ވަގުތުކޮޅެެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ބަަލަމުން އަންނަކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް