
ފުއާދު ތައިލެންޑް ރަސްގެފާނަށް ފަތްކޮޅު އެރުވީ އެގައުމުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒު، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ގަ އެވެ. ސަފީރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ފުއާދު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމުގައެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ފުއާދު ތައުފީގު ތައިލޭންޑް ސަފީރުކަމަށް އައްޔަންކުރަން ނަން ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އޭނާގެ ދައުރު ފުރިހަމަވެ އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިވި ދުވަސް ނޫން އަނެއް ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގައި މެމްބަރުންގެ ތެރެއިން ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރަަކީވެސް ފުއާފު ތައުފީގެވެ.
ފެހި ގާނޫނު އަސާސީ ގެ ދަށުން ފުރަތަމަ އެކުލަވާލި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަންވެސް ފުއާދު ވަނީ ކުރައްވާފައެވެ. ފުއާދަކީ އޭރު ރާއްޖޭގައި އޮތް ހުރިހާ ސިޔާސީ ޕާޓީއަކުން ރުހިގެން އެފަހަރު ކޮމިޝަނަށް އައްޔަން ކުރި މެމްބަރެކެވެ.