ads
މަންދީ ގަޔަށް ކަޅު ތެޔޮ ޖަހާފައި. ފޮޓޯ: އަދަދު
ހެލްމެޓް އަޅައިގެން ދިޔަ ބަޔަކު މަންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި
އެމްޑީޕީގެ އަންހެން އެކްޓިވިސްޓް އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މަގުމަތިން ބަޔަކު ކަޅު ތެޔޮ ޖަހައިފިއެވެ.
Advertisement

މަރިޔަމް ޒުބައިރު ބުނީ އޭނާގެ ގަޔަަށް ބަޔަކު ކަޅު ތެޔޮ ޖެހޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމުމަށްފަހު ސައިކަލްގައި ގެޔަަށް ދަނިކޮށް ރޭ ދަންވަރު އެކެއް ޖަހާ ބޮޑުވި ފަހުންކަމަށެވެ.  އަދި އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހީ ސައިކަލްގައި ހެލްމެޓް އަޅައިގެން ތިބި ބައެއްކަމަށްވެސް މަރިޔަމް ޒުބައިރު ބުންޏެވެ. 

މަރިޔަމް ޒުބައިރުގެ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި މިވަނީ އެމްޑީޕީން މިހާރު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނިކޮށެވެ. އަދި އެ މުޒާހަރާތަކުގައި ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ދެެއްކި ވާހަކަތަކާއި ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވާން ޗިޓްވެސް ވަނީ ފޮނުވާފައެވެ.

ރައީސްގެ ދަރިކަލުންނާއި ގުޅުވާ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރާނެކަމަށް ރައީސް ޑރ. މުއިއްޒު ގެ އަނބިކަނބަކުން ސާޖިދާ މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީއަށްވެސް ދައުވާކުރަން ރައީސްްގެ އާއިލާއިން ވަނީ ނިންމަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް