
މަރިޔަމް ޒުބައިރު ގެ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މަރިޔަމް ޒުބައިރު ބުނީ އޭނާގެ ގަޔަަށް ބަޔަކު ކަޅު ތެޔޮ ޖެހޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމުމަށްފަހު ސައިކަލްގައި ގެޔަަށް ދަނިކޮށް ރޭ ދަންވަރު އެކެއް ޖަހާ ބޮޑުވި ފަހުންކަމަށެވެ. އަދި އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހީ ސައިކަލްގައި ހެލްމެޓް އަޅައިގެން ތިބި ބައެއްކަމަށްވެސް މަރިޔަމް ޒުބައިރު ބުންޏެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން އެކަމަނާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެއްވެސް މީހަކަށް އެފަދައިން ހަމަލާދީ، އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.
މަރިޔަމް ޒުބައިރުގެ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި މިވަނީ އެމްޑީޕީން މިހާރު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނިކޮށެވެ. އަދި އެ މުޒާހަރާތަކުގައި ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ދެެއްކި ވާހަކަތަކާއި ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވާން ޗިޓްވެސް ވަނީ ފޮނުވާފައެވެ.
ރައީސްގެ ދަރިކަލުންނާއި ގުޅުވާ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރާނެކަމަށް ރައީސް ޑރ. މުއިއްޒު ގެ އަނބިކަނބަކުން ސާޖިދާ މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީއަށްވެސް ދައުވާކުރަން ރައީސްްގެ އާއިލާއިން ވަނީ ނިންމަވާފައެ