ads
ލަންކާ ގޭންގް ލީޑަރު މަރާލުމުގައި ބައިވެރިވުމަށްފަގު ފިލައިގެން ރާއްޖެ އައިކަމަށް ބުނާ އިޝާރާ
ލަންކާ ގޭންގް ލީޑަރު މަރާލާފައި ފިލަން ކަނޑުމަގުން ރާއްޖެއަށް
ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު ގަނޭމުއްލާ ސަންޖީވާ ބަޑި ޖަހާ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކު ފިލައިގެން ރާއްޖެ އަތުވެއްޖެކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.
Advertisement

މިދިޔަ މަހުގެ 19 ވަނަދުވަހު ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ  ލަންކާގެ ގޭންގް ލީޑަރު ގަނޭމުއްލާ ސަންޖީވާ މަރާލާފައިވަނީ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކުރި ތަނުން ހުއްޓާ ބަޑިޖަހައެވެ. 

މިކަމުގައި އޭބާ މަރާލަން ބޭނުންކުރި ފިސްތޯލް ކޯޓަށް ވެއްދީ އިޝާރާ ސެއްވާންދީ ކީޔާ މީހެއްކަމަށް ލަންކާ ނޫސްތަކުން ބުނެއެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ކުރިން އެ ހަމަލާއަށް ފަހުން އޭނާ ފިލައިގެން ރާއްޖެ އައިސްފައިވާކަމަށް ލަންކާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އިޝާރާ ލަންކާއިން ފިލީ ކަނޑުމަގުންކަމަށާއި އޭނާ ފިލުމުގައި ހުރިހާކަމެއް ހަމަ ޖައްސާދިނީ ބާރުގަދަ އަންޑަވޯލްޑް ގޭންގެއްގެ އެހީތެރިކަމުގައިކަމަށްވެސް ލަންކާ ނޫސްތަކުން ބުނެއެވެ. އަދި އޭނާ ފިލައިގެން ރާއްޖެ އައުމުން އޭނާ ރާއްޖޭގެ ހުރެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާކަމަށްވެސް ލަންކާ ނޫސްތަކުން ބުނެއެވެ. އަދި އިޝާރާ ރާއްޖެއައީ އޭނާގެ ދިރިއުޅުން ރާއްޖެއަށް ބަދަލުކުރުމަށް ކަންކަން ރޭވިގެންކަމަށްވެސް ލަންކާ ނޫސްތަކުން ބުނެއެވެ. 

ލަންކާ ފުލުހުން މި މައްސަލާގެ ތަހުގީގުގައި ބުނީ އިޝާރާއަކީވެސް ޑްރަގުގެ ވިޔަފާރިކުރާ މީހެއްކަމަށެވެ. އަދި އިޝާރާގެ ފޮޓޯ އާއްމުކޮށް އޭނާ ހޯދާ މީހަކަށް ފައިސާގެ އިނާމު ހުށައަޅާފައެވެ.

ލަންކާ ފުލުހުން ބުނީ ގަނޭމުއްލާ ސަންޖީވާ މަރާލި މީހާގެ އަތަށް ބަޑި ގެންގޮސްދީފައިވަނީ އިޝާރާކަމަށެވެ. އަދި އޭނާ އެކަން ކުރީ ވަކީލެއް ކަމަށް ހެދިގެން ފޮތެއްގެ ގަނޑުތައް ބަޑީގެ ބައްޓަމަށް ކަފައި އެތަނުގައި ތެރޭ ފޮރުވައިގެން ކަމަށެވެ. 



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް