ads
ފަނޑިޔާރު ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު
ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. އަށް ހުށައަޅައިފި
ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް އެ ބެންޗުގައި ހިމެނުނު ތިން ފަނޑިޔާރުންބކުއްލި ގޮތަކަށް ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.އަށް ހުށަހަޅައިފިއެވެ.
Advertisement

އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހަށް މި މައްސަލަ ހުށައެޅުއްވީ ޖޭއެސްސީން ސަސްޕެންޑްކުރި ފަނޑިޔާރުން ތެރޭގައި ހިމެނިވަޑައިގެންނެވި ހުސްނުއް ސުއޫދުއެވެ. 

ސުއޫދު ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އދ. އިން ވީހާ ވެސް އަވަސް ފިޔަވަޅެއް އެ ކަމުގައި އަޅައި ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ.

މީގެއިތުރުން ސުއޫދު ވިދާޅުވީ އޭނާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ބަލަން ފެށި މައްސަލަތަކަކީ ދުސްތޫރީ މައްސަލަަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ މައްސަލަތަކެއް ކަމަށެވެ. 

އެގޮތުން ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔައީ ގާނޫނުއަސާސީއަށް އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މާއްދާއަކާއި ގުޅޭ މައްސަލައެއް ކަމަށާއި އެ މާއްދާއަޡް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެ މައްސަލާގައި ހުށަހަޅާފައިވާކަމަށެވެ.

އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް ފޮނުވީ މިދިޔަ 25 ފެބްރުއަރީގެ ރޭގަނޑު 9 ޖެހިއިރުކަމަށާއި އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ތާވަލުކުރީ މިދިޔަ 26 ފެބްރުއަރީގެ ހެނދުނު 11 ޖަހާއިރަށްކަމަށް ކަން ސުއޫދުގެ ހުށައެޅުމުގައި ފާހަގަކޮށްފައިވެއެވެ. 

މީގެެެެއިތުރުން ތިން ފަނޑިޔާރެއްގެ މައްސަލަ ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ ފަރުދަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅީ އެ ދުވަހުގެ ރޭ ދަންވަރު 1 ޖަހާކަން ހާއިރުކަން ފާހަގަކޮށް އޭސީސީން އެކަން  ސިޓީއަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ 26 ފެބްރުއަރީގެ ހެނދުނު 10 ޖަހަން އުޅެނިކޮށްކަމަށްވެސް ސުއޫދު ވިދާޅުވިއެވެވ. 

އަދި ޖޭއެސްސީގެ މެންބަރުންނަށް ކުއްލި ބައްދަލުވުމެއް 10:30ގައި ބާއްވަން އުޅޭ ކަމުގެ ނޯޓިސް ފޮނުވައި އަޑުއެހުން ފަށަން ފަނޑިޔާރުން ތައްޔާރުވެފައި ވަނިކޮށް ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމިކަންވެސް ސުއޫދުގެ ހުށައެޅުމުގައިވެއެވެ. 

ސުއޫދު ވަނީ އދ ގެ އިތުރުން އެހެން ބައެއް އިދާރާތަކަށްވެސް މި މައްސަލަ ހުށައަޅާފައެވެ. އެގޮތުން ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ވަފުދަށާއި ކޮމަންވެލްތާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކަށްވެސް ސުއޫދު މި މައްސަލަ ހުށައެޅުއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް