ads
LIVE BLOG
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ--- ފޮޓޯ: ސީއެންއެމް
އެޗްއީއޯސީން ބާއްވާ ޕްރެސް
ރާއްޖެއިން ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރު ހާހަށް ވުރެ މައްޗަށް އަރައިފި އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މާލެއިންނެވެ.

ތަފްސީލު އަންނަނީ ----

2020/08/23 22:23

މި ޕްރެެސް މިހާރު ވަނީ ނިންމާލާފައި

2020/08/23 22:16

ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވަރަށް ބޮޑަށް އެދެން. މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަމާއި އަތްދޮވުމަށް ސަމާލުކަން ދިނުމަށް. ވިޔަފާރިކުރުމަށް ވެސް ގެއިން ކޮންމެވެސް އެކަކު ހަމަޖައްސާފަ ބެހެއްޓުން މުހިއްމު. 

2020/08/23 22:14

ޑރ. އަފްޒަލް: ބަލި ކޮންޓްރޯލްކުރަން ލޮކްޑައުންއަކަށް ނުގޮސްވޭތޯ ބަލަން ޖެހޭނީ. 

2020/08/23 22:12

އަބްދުﷲ ޝަރީފް: ޑެލިވަރީ ކުރުން މަނާކުރަނީއެއް ނޫން. ވެހިކަލްގައި އެކަން ކުރަން މި ހުއްދަ ނެތީ. ފައިމަގުގައި އެކަން ކުރެވިދާނެ.

2020/08/23 22:10

ޑރ. އަލީ ލަތީފް: ހުޅުމާލޭގެ ބެޑް ކެޕޭސިޓީ މުޅިން އޮކިއުޕައިޑް ވެއްޖެއްޔާ ދެން ޖެހޭނީ ސްކޫލުތަކާއި އަދިވެސް ޕްރައިވެޓް ހޮސްޕިޓަލުގަ އާއި އައިޖީއެމްއެޗް ބަަލަން. 

2020/08/23 22:03

ޑރ. އަލީ ލަތީފް: ކޮންމެ މީހަކަށް ވެސް އެބަ އެނގޭ މިހާރު ކޮވިޑު ކޮންޓްރޯލްކުރަން ކުރަން ޖެހޭ ކަންކަން ވެސް. އެހެންވީމަ އެކަމަށް ވެސް ބަލައިގެން މިޖެހެނީ ފިޔަވަޅު އަޅަން. 

2020/08/23 22:00

ޑރ. އަލީ ލަތީފް: ޑޮކްޓަރުންގެ އަދަދު މަދު. ރައުންޑް ނަގާއިރުގަ ވަރަށް ވަގުތު އެބަ ނަގާ 160 އެއްހާ މީހުން ބަަލަން. އެކި ދުވަހު އެކި އަދަދަށް ބަލަން ޖެހޭނީ ޕޭޝަންޓުން. 

2020/08/23 21:57

ޑރ. އަފްޒަލް: މިއީ ރައްޔިތުން އެއްބާރުލުންދީގެން އަލުން ލުއި ހޯދަން މަސައްކަތް ކުރަންވީ ވަގުތު. 

2020/08/23 21:54

ޑރ. އަލީ ލަތީފް: ހުރިހާ ވިޔަފާރިއެއް ކުރިއަށް ގެންދަން ބޭނުންނަމަ އެބަ ޖެހޭ ފިޔަވަޅުތަކަށް ބޯލަނބަން. ރައްޔިތުންގެ ތަރުހީބާއެކު މިކަން ވާނީ.

2020/08/23 21:41

ޑރ. އަފްޒަލް: ޕޮޒިޓިވްވާ ކޭސްތައް ޑިޕެންޑް ވަނީ އާންމުން ފިޔަަވަޅުތަކަށް ބޯލެނބުމާއި އަޅާ ފިޔަވަޅުތަކަށް. 

2020/08/23 21:38

2020/08/23 21:37

2020/08/23 21:36

އަބްދުﷲ ޝަރީފް: މިމަހުގެ އެކަކުން ފެށިގެން މާސްކް އެޅުން މަޖްބޫރުކުރަން ފެށުމުން

2020/08/23 21:34

އަބްދުﷲ ޝަރީފް: ޑިއުޓީއަށް ދާ ފަރާތްތަކުން ގެއަށް ލައިދޭން މީހަކު ދާން ޖެހޭނަމަ އޮފީސްތަކުން އެ ބަލާ ދާ މީހާއަށް ވެސް ކޮންމެވެސް ކަހަލަ ލިޔުމެއް ހަވާލުކުރުން މުހިއްމު. މިހާރު ބްރިޖު މަތީގައި ވަކި ގަޑިތަކެއްގައި ދުއްވޭނީ. މިހާރު މި ފެންނަނީ 9:30 ގައި ކެފޭ ރެސްޓޯރަންޓު ބަންދުކުރާނަން. ހުއްދަ ހިފައިގެން ބޭރުގައި އުޅެން ވާނީ އެންމެން ވެސް

2020/08/23 21:31

އަބްދުﷲ ޝަރީފް: މި އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް. އެޗްޕީއޭ އިން މި އަޅާ ފިޔަވަޅުތަކަށް ބެލުން ވަރަށް މުހިއްމު. މި ބަލިން ސަލާމަތްވުމަށް ހުރިހާ އާންމު ރައްޔިތުން ސަމާލުކަން ދިނުން މުހިއްމު. 

ބަންދު ގަޑީގައި ޒަރޫރީ ބޭނުމެއް ނިކުންނަން ޖެހިއްޖެއްޔާ ހުއްދަ ފުލުހުން ދޭނަން. ފުލުހުންގެ ކައިރީ އެދިއްޖެއްޔާ ވެސް އެކަން ކޮށްދެވޭތޯ ބަލާނެ. ދަންވަރު ޑިއުޓީއަށްދާ މީހުން ވެސް ކާޑު ހިފައިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް. 

2020/08/23 21:27

ޑރ. ނަޒްލާ މުސްތޮފާ: ޕޮޒިޓިވްވާ އެންމެން ހީކަރުވާ އަދި ބޮލަށް އެނބުރުން އެރުމާއި ކަރުގައި ރިއްސުން ފަދަ ކަންކަން ދިމާވެދާނެ،. ގޭގައި މަޑުކުރާއިރު މާސްކް އެޅުން މުހިއްމު. ހައި ރިސްކް މީހުންނަކީ ހަކުރު ބަލި. ހިތުގެ ބަލި އަދި ދިފާއީ ނިޒާމު ބަލި/ އަދި އެމީހުންނާއި ދުރުގައި ތިބުން. ކޭސްތައް އިތުރުވާއިރު ފެސިލިޓީއަކަށް ގެންދަން އުނދަގޫވެދާނެ. ކޮންޓެކްޓުން ޓެސްޓް ހެދުމުގައި ސަމާލުކަން ދެނީ ހައި ރިސްކް މީހުންނާއި އަލާމާތް ފެންނަ މީހުން. 

2020/08/23 21:24

ޑރ. އަލީ ލަތީފް: ފިޔަވަޅުމި އަޅަނީ މީހުންނަށް އުނދަގޫކުރާކަަށް ނޫން

2020/08/23 21:24

ޑރ. އަލީ ލަތީފް: ކޮންޓްރޯލް ނުކުރެވިއްޖެއްޔާ ލޮކްޑައުންއަކަށް ދާންޖެހޭނެ/ އަދި މިވަގުތު ފިޔަވަޅުތަކަށް ބަަލއިގެން އުޅޭނަމަ ކޮންޓްރޯލް ނުކުރެވިދާނެ. ދެވަނަ ފަހަރަށް ލޮކްޑައުންއަކަށް ދިއުމަކީ ހަމައެކަނި ރާއްޖޭގައި ކުރާ ކަމެއް ނޫން.

2020/08/23 21:23

ޑރ. އަލީ ލަތީފް: މިއަދު މި ނެގި ފިޔަވަޅުތަކާއެކު ވެސް ބައެއް މީހުންގެ ކަންބޮޑުވުންތައް އެބަހުރި. އެކަމަކު ހަމަ ހުރެލާފަ ފިޔަވަޅު އަޅަނީކީ ނޫން މި. ހަމަ ހާލަތަށް ބެލުމަށް ފަހު މި ފިޔަވަޅު އަޅަނީ. މަރުވާ މީހުންނާއި ޑަބަލްވާ އަދަދާއި ނޮން ލިންކްޑް ކޭސް އާއި އެޑްމިޓްކުރާ އަދަދާއި ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދުތައް އެބަ ބަލަން. މި އަދަދުތައް ދަނީ މަތިވަމުން. މިދިޔަ ހަފުތާގައި ސްކޯއަކީ ނުވައެއް. އެހެންވެ އަށަކުން ފެށިގެން ފިޔަވަޅު އަޅަން ނިންމީ

2020/08/23 21:20

ޑރ. އަލީ ލަތީފް: އަޅާނުލާއި ދޫކޮށްލައިފިއްޔާ ހޮސްޕިޓަލުތަކުގައި މެނޭޖްކުރަން އުނދަގޫވާނެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައި. އެއް ހަފުތާގައި 980 ޕޭޝަންޓުން ޕޮޒިޓިވްވާނަމަ އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. ހަތެއް މާޗުގައި ފެނުނު އެންމެ ފުރަތަމަ 500 ޕޮޒިޓިވްޥާން ނެގީ 56 ދުވަސް. އޭގެ ފަހުން 500 ޕޮޒިޓިވްވާން 13 ދުވަސް. މިއަދުގެ ހާލަތަކީ ތިން ދުވަސް މިނަގަނީ އެ އަދަދު އަރަން. ހޮސްޕިޓަލުގެ އެޑްމިޓްކުރާ އަދަދުޔގެ 60 އިންސައްތަ މީހުން.

ރާއްޖޭގައި އެހެން ބަލިތައް ވެސް ގިނަ. މިގޮތަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ އަދަދު މަތި. ކުރިން ވެސް ބުނިން މިގޮތަށް. ކޭސްތައް ގިނަވާއިރު ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން މިހާރު ވެސް ދަތި. މީހުން ގިނައިން މަރުވީ ފަރުވީ ނުދެވިގެން. ކޭސްތަކުގެ އަދަދު އިތުރުވާނަމަ ފަރުވާދޭނީ ކާކުކަން ކަނޑައަޅަން ޖެހިދޭނެއޭ. 

2020/08/23 21:16

ޑރ. އަފްޒަލް: ހޮސްޕިޓަލުަގައި 162 މީހުން. އައިސިޔޫގައި 11 މީހުން. ވެންޓިލޭޓަރުގައި އަށް މީހުން/ 

2020/08/23 21:15

ޑރ. އަފްޒަލް: 4222 މީހަކު ބަލިން ރަނގަޅުވެފައިވޭ. 26 މީހުން މަރުވެފައި. އެކްޓިވް ކޭސްތައް 2531 އެކްޓިވް ކޭސް. 1968 ދިވެހިން 668 ބިދޭސީން. 

2020/08/23 21:13

ޑރ. އަފްޒަލް: މިހާތަނަށް 6769 ފަރާތެއް ޕޮޒިޓިވް. މިއަދު ޕޮޒިޓިވްވީ 119 މީހެއް. އެއީ 100 ދިވެހިންނާއި 19 ބިދޭސީއެއް ކަމަށް

2020/08/23 21:11

މި ޕްރެސް ފަށައިފި

2020/08/22 22:48

މި ޕްރެސް މިހާރު ވަނީ ނިންމާލާފައި.

2020/08/22 22:48

ޑރ. ނަޒްލާ: މިވަގުތު ނެތް ވެކްސިނެއް ބަލިން ރައްކާތެރިވާން. އެހެންވީމަ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުން މުހިއްމު. 

2020/08/22 22:47

ޑރ. ނަޒްލާ: ވަރަށް ގިނަ ބަޔަކު މާސްކް އަޅައިގެން އުޅޭ. އެކަމަކު ހަނދާން ކުރަން ޖެހޭ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް އެބަ ބުނޭ މާސްކް އެކަނި އެޅިޔަސް ރައްކާތެރިއެއް ނުވާނެއޭ. އަދި މާސްކް އަޅަންވާ ގޮތަށް އަޅައިގެން ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމާއި ޕާޓީތަކާއި އެއްތަންވުން އެބަ ޖެހޭ ހުއްޓާލަން. 

2020/08/22 22:44

ޝަރީފް: މަގުމަތިން ހުއްޓުވާ ބަލާނެ. އެކަމަކު އެމީހެއްގެ އަތުގައި ފާސް އޮތިއްޔާ ފުރުސަތު ދޭނަން. 

2020/08/22 22:42

ޑރ. ނަޒްލާ: ޓެސްޓް އަތޮޅުން ހެދެން އޮއްވާ މާލެއަށް ފޮނުވި ކަމުގެ މައުލޫމާތެއް އަދި ނެތް ލިބިފައެއް. އެކަމަކު ބައެއް ފަހަރު މެޝިނުގައި މައްސަލައެއް ދިމާވެގެން ވެސް އެބަ ހުރި މާލެއަށް ވެސް ގެެނެސްފަ. 

2020/08/22 22:39

ޝަރީފް: ނޫސްވެރިންނަށް ވެސް ބޭރަށް ނިކުތުން މަނާ ގަޑީގައި އުޅޭނަމަ އެ ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ފުރުސަތު ދޭނަން. އެއީ ނޫސްވެރިއެއްކަން އެނގޭ ކާޑު އޮތްނަމަ ލިބޭނެ ފުރުސަތު. އަމިއްލައަށް ދުއްވުމުގެ ބަދަލުގައި ޓެކްސީއެއް ނެގުން މުހިއްމު. ޓެކްސީތަކަށް އިތުރު ހުއްދަދޭނަން. 

8 އިން 9:30 އަށް އަދި 10:00 އަށް މަގުމަތީގައި އުޅެން ލިބުނަސް އެބަޖެހޭ ގައިޑްލައިންތަކާއި އެއްގޮތަށް އުޅެން. ހާއްސަކޮށް ކުރިން ނެރުނު ގައިޑްލައިންތަކުގައި އެބަހުރި ފަސް މީހުންނަށް ވުރެ ގިނައިން ނޫޅެވޭނެކަމަށް. އެކަމަށް ސަމާލުވާން ޖެހޭ. 

2020/08/22 22:34

ޑރ. އަފްޒަލް: ނުބުނެވޭނެ ވަކި ކޮންއިރަކު ކަމެއް މިހާ ހިސާބުން ދޫކޮށްލަންވީއޭ. އެކަމަކު އަޅުގަނޑުމެން އުޅޭނީ އަބަދުވެސް ކޮންޓްރޯލްކުރެވޭތޯ. މިކަން ކުރެވޭނީ ވެސް އާންމުންގެ އެއްބާރުލުމާއެކު. މި ދައްކަނީކީ ބޮޑު ހަރަދެއް ކުރަންޖެހޭ ކަންކަމެއް ނޫން. ހަމަ އަތްދޮވުމާއި ގައިދުރުކަމާއި އަދި އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ. 

2020/08/22 22:31

ޑރ. ނަޒްލާ: އާންމުކޮށް މި އިސްކަން ދެނީ 65 އަހަރުން މަތީގެ މީޙުން ގެންދިއުމަށާއި ހައި ރިސްކް މީހުން ގެންދަން. މިދޭތެރެއިން ދަތިވި. އެކަމަކު މިފަހުން ހަމަ ވަރަށް ގިނަ ބަޔަކު އެބަ ގެންދެވޭ. 

2020/08/22 22:28

ޑރ. އަފްޒަލް: 17 އައިސޮލޭޝަން ފެސިލިޓީ އެބަހުރި. މީގެ ދެވަރަކަށް ހަފުތާކުރިން ދިހަ ފެސިލިޓީ. މިހާރު މިދަނީ ކެޕޭސިޓީ އިތުރުކުރަމުން. 

2020/08/22 22:27

ޑރ. އަފްޒަލް: މިއަދު ޕޮޒިޓިވްވީ 96 މީހުން. ތަފާސްހިސާބުތައް މާދަމާ ކިޔައިދެވޭނީ. 

2020/08/22 22:27

ޑރ. އަފްޒަލް: އިތުރަށް ފެސިލިޓީތައް ހޯދާފައި ވަނީ މިހާރު. ބައެއް ގެސްޓްހައުސްތަކާއި ރިސޯޓުތައް ވެސް. މިއަދު ވެސް 83 މީހަކު ވަނީ ފެސިލިޓީތަކަށް ގެންގޮސްފައި. ބައެއް ފަހަރު ކުޑަކުދިންނާއެކު އެކުދިންގެ މަންމަ ވެސް ގެންދޭ. ނުގެންދެވި ވަނީ 279 ފަރާތެއް. 17 މީހަކު އާއިލާ ރިޒަލްޓް ލިބެންދެން މަޑުކޮށްގެން. އަދި 14 ފަރާތެއް ފޯނު ނުނަގައިގެން. އަދި 75 ދިވެހިންނާއި ބޭރު އަށް މީހުން މިއަދު ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ.ެ 

2020/08/22 22:22

ޑރ. ނަޒްލާ: ބައެއް ފަރާތްތަކަށް ޕޮޒިޓިވް އަދި ނެގެޓިވް ނަތީޖާ ލިބުނަސް ބައެެއް ފަހަރު އެބަ ޖެހޭ ދެވަނަ ޓެސްޓެއް ހަދަން. ޕީސީއާރު ޓެސްޓް ހަދާއިރު ވަކި އަދަދެއް އިނީމަ މި ޕޮޒިޓިވްވަނީ އަދި ނެގެޓިވްވެސް ވަނީ ވަކި އަދަދަކުން ދަށްވީމަ

އިންކޮންކްލޫސިވް ވެސް އެބަ ވޭ ބައެއް މީހުންގެ ރިޒަލްޓް. އެ ފަދަ ފަރާތްތައް އެބަ ޖެހޭ އެހެން ސާމްޕަލެއް ނަގަން.

2020/08/22 22:20

ޑރ. ނަޒްލާ: އަންލިންކްޑް ކޭސްތައް ވެސް އެބަ އިތުރުވޭ؛ އެކަމަކު ތެދު މައުލޫމާތު ލިބޭނަމަ އެ ފަދަ ކޭސްތައް ވެސް މަދުވާނެ. އަދި ޓްރޭސްއެކީ އެޕް އެޅުމަކީ ވެސް ވަރަށް މުހިއްމު ކަމެއް. ހޯމް ކަރަންޓީނުގައި ތިބޭ މީހުން ވެސް ރިލީޒް ސާމްޕަލް ނަގަން ދާން ޖެހޭނީ މާފަންނު މަދަރުސާ އަށް . އަދި ހުޅުމާލޭގައި ދާން ޖެހޭނީ ހުޅުމާލޭ ޕްރީ ސްކޫލަށް. ވިލިމާލޭގައި ސާމްޕަލް ނެގޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުން. އަދި ސާމްޕަލް ނަގަން އަންނަން އުނދަގޫ ފަރާތްތައް ކައިރިއަށް ދާނެ. 

2020/08/22 22:17

ޑރ. ނަޒްލާ: 25 އޮގަސްޓުގައި ހާއްސަ އިންސްޕެކްޝަނެއް ފަށާނެ. 

ޝަރީފް: އެ އިންސްޕެކްޝަނަކީ އެއްވެސް ތަނެއް އިސްތިސްނާނުކޮށް ހުރިހާ ތަނެއް އިންސްޕެކްޓް ކުރާނެ. އޮގަސްޓް ހަތަރަކުން ފެށިގެން ނެރެފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ގިނަ މީހުން އުޅުނަސް އަދިވެސް 9:30 އިން ފެށިގެން ބައެއް ހިދުމަތްތައްދޭކަން ފާޙަގަކުރެވޭ. އެކަން ހުއްޓާލަން ޖެހޭ.  ޑެލިވަރީގެ ހިދުމަތް ވެސް 8:00 ގެ ކުރިން ނިންމާލުން މުހިއްމު. 

2020/08/22 22:15

އަބްދުﷲ ޝަރީފް: ފިހާރަތައް ހުޅުވާއިރު ވެސް ޖެހޭނެ 9:30 ގައި ފިހާރަ ބަންދުކުރަން. 8 ޖަހާއިރު ފިހާރަ ބަންދު ނުކުރިޔަސް ދެން ދާންޖެހޭނީ ހިނގާފައި. 

2020/08/22 22:13

ފުލުހުންގެ ފަރާތުން އަބްދުﷲ ޝަރީފް: މާދަމާ 8 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާވާނެ. ދިހައަކުން ފެށިގެން މަގުމަތީގައި އުޅުން މަނާވާނެ. އަށަކުން ފެށިގެން ބަލާނަން. އަދި ދުއްވާ މީހުން އެއް ފަހަރު ނަސޭހަތްދީފަ ދެން ޖޫރިމަނާކުރަނީ. 

2020/08/22 22:10

ޑރ. ނަޒްލާ: އެއް ދުވަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިވަނީ މީހުން އެއްވެ އުޅުމާއި އަދިވެސް އެހެންކަމަށް ބަދަލު ތަނެއް ގެންނަން. 

މާދަމާ ރެއިން ފެށިގެން ރޭގަނޑުގެ 8 އިން ފެށިގެން މާލެ ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ. 

2020/08/22 22:08

ޑރ. އަފްޒަލް: މާސްކް އެޅުން. 21 މީހަކު ނަސޭހަތްދީ. 48 މީހަކު ޖޫރިމަނާ. 

2444 މީހަކަށް ނަސޭހަތް. އަދި 884 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައި

ކާފިއު ވަގުތު ބޭރުގައި އުޅުނު 147 މީހަކަށް ނަސޭހަތް ދިން. އަދި 60 މީހަކު ޖޫރިމަނާކުރި. 2418 މީހަކު ޖުމްލަ ނަސޭހަތްދިން. 957 ފަރާތެއް ޖޫރިމަނާކުރި

2020/08/22 22:07

ޑރ. އަފްޒަލް: ހޮޓްލައިނަށް ގުޅި އަދަދު 2900 

122 މީހަކަށް ޖަވާބު ނުދެވި. 

2020/08/22 22:06

މިރޭގެ ޕްރެސް ފަށައިފި

2020/08/19 22:55

މި ޕްރެސް މިހާރު ވަނީ ނިންމާލާފައި

2020/08/19 22:54

ޑރ. ނަޒްލާ: ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ކޮވިޑް ޖެހިދާނެ. ޒުވާނުންގެ ތެރޭގައި ގިނައީ ވެސް. ގިނައިން ބޭރުގައި އުޅެނީ ވެސް. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. 

2020/08/19 22:52

ޑރ. ނަޒްލާ: ހާލު ވަރަށް ރަނގަޅު. ހައި ރިސްކް މީހެއް ނޫންވީމަ އަޅުގަނޑު ޓެސްޓެއް ނުކުރާނެ ކަރަންޓީނުގެ 14 ދުވަސް ހަމަވީމަ ކުރާނީ

2020/08/19 22:51

ޑރ. މާސްކް އެޅުން ޕޮޒިޓިވް އެފެކްޓެއް އަންނާނެ./ އެކަމަކު ސީދާ ނަތީޖާ ލިބެން ވަގުތުކޮޅެއް ނަގާނެ. 

ބެޑް ކެޕޭސިޓީ އެބަ ހުރި. ހުޅުމާލޭގައި 250 އަދި 11 އައިސީޔޫ ބެޑް

10 ޑީއެޗް 11

6 ޑީއެޗް16

އިހަވަންދޫގައި ތިން އައިސީޔޫ ބެޑް. ފުވައްމުލަކުގައި ތިން އައިސީޔޫ. އަދި ފަސް އައިސޮލޭޝަން

އޭދަފުއްޓާއި ފުނަދޫ އަދި ވިލިނގިއްޔާއި އައްޑޫގައި ވެސް ބެޑް ކެޕޭސިޓީ. ހޮސްޕިޓަލް ކެޕޭސިޓީ ފުރުމުގެ ފުރުސަތު އޮންނާނެ. 

2020/08/19 22:47

ޑރ. އަފްޒަލް: ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި ލަސްވާ ލަސްވާ ތަކުގެ ތެރޭގައި މީހުން ދާން ދެކޮޅު ހެދުން. އިއްޔެ 15 މީހަކު އާއިލާގެ އިތުރު ބަޔަކު ނަތީޖާ ލިބެންދެން ނުދާން. އަދި ފޯނު ނުނަގައިގެން ވެސް ބައެއް މީހުން ނުގެންދެވި އެބަ ހުރި. 

2020/08/19 22:44

ޑރ. އަފްޒަލް: ކުރިއަށް އޮތް ތަނުގައި ކޭސްތަކުގެ އަދަދު ދަށްވާނެ ކަމަށް އުއްމީދުކުރަން. ފިޔަވަޅުތައް އެޅިޔަސް އަދި އަދަދު ދަށް ނުވަނީ އެ ވެދާނެ ކުރިން ޖެހުނު ކޭސްތައްކަން އަދި މި ފެންނަނީ. ބަލީގެ މިހާރު ހާލަތަށް ބަލާފައި ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައި

2020/08/19 22:40

ޑރ. ނަޒްލާ: ކޮންމެ ކިޓަކުން ވެސް 200 ޓެސްޓްކުރެވޭނެ. ދެ ހަފުތާއަށް ބޭނުންކުރެވޭނެ. ކުރިއަށް އޮތް ހަފުތާގައި 10000 ޓެސްޓް ކިޓް ލިބޭނެ. ދުނިޔޭގައި ވެސް ކޭސްތައް އިތުރުވާތީ ވަރަށް ލިމިޓެޑް މި އެއްޗެހި. ހުސް ނުވާ ވަރަށް ސަޕްލައި ގެންނަމުން މިދަނީ. ހޮސްޕިޓަލުގައި ވެސް ގެންގުޅޭނެ އަދި. 

2020/08/19 22:39

ޑރ. އަފްޒަލް: މިހާރު މިބަލަނީ ބަލި ޖެހޭ މީހުންގެ ސަބަބުން ކިހާ އަދަދެއްގެ ބަޔަކަށް ކޮންމެ ހަފުތާއަކު ބަލި ޖެހޭތޯ. މިހާރު ވަނީ 3-2 އާ ދެމެދުގައި ހިފެހެއްޓިފައި. ކްލާސްޓާތައް ބޮޑުކުރަން ސަބަބެއް ލިބިއްޖެއްޔާ އަދަދުތަކަށް ބަދަލު އަންނާނެ.

2020/08/19 22:34

ޑރ. ނަޒްލާ: ޑިސްއިންފެކްޓް ކުރާ ފަރާތްތައް ރެޖިސްޓާކޮށްގެން މޮނިޓަރިންެއް ނުކުރަން. އެކަމަކު ޑިސްއިންފެކްޓް ކުރާނެ ގޮތް މިދަނީ ޓީވީ ރޭޑިއޯ މެދުވެރިކޮށް ހިއްސާކުރަމުން. 

2020/08/19 22:32

ޑރ. ނަޒްލާ: ކޮންޓެކްޓަކަށް ވެގެން ހުރެގެން 14 ދުވަސް ހަމަވީމަ ސާމްޕަލް ނަގާއިރު ދާން ޖެހޭނީ މާފަންނު މަދަރުސާއަށް. ހުޅުމާލޭ ފްލޫ ކްލިނިކުން މިހާރު ސާމްޕަލް ނެގޭނެ. އަދި ކޮންޓެކްޓުން ޓެސްޓްކުރަންދާން އެސްއެމްއެސެއް ލިބޭނެ. މީގެ ދެ ދުވަސްކުރިން ސިސްޓަމްގައި މައްސަލައެއް ދިމާވެ ދަތިވި. އެކަމަކު މިހާރު ދާނެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ގެއަށް ގޮސްގެން ވެސް ނަގައިދޭނެ. 

2020/08/19 22:28

ޑރ. ނަޒްލާ: 15000 ޓެސްޓް ކިޓް އެބަ ހުރި. 

2020/08/19 22:28

ޑރ. އަފްޒަލް: އެންމެ ފުރަތަމަ ބަލި ޖެހިގެން އައީ ލޭބަރާސްއަށް. އަދި ދެން މަސައްކަތް ނުކުރާ މީހުން. ދެން ސްކޫލު ކޮލެޖް އާއި ޕްރައިވެޓް ކޮމްޕެނީތަކާއި ފްރޮންޓްލައިން..

2020/08/19 22:26

ޑރ. އަފްޒަލް: އެންމެ ގިނައިން ބަލި ޖެހުނީ މަސައްކަތް ނުކުރާ މީހުންނާއި ފްރޮންޓްލައިނުގައި އުޅޭ މީހުންނަށް. އެއީ ފްރޮންޓްލައިނުގައި އުޅޭ މީހުންނާއި ބަލާ ނިސްބަތުން ދަށް އަދަދެއް. މަސައްކަތް ނުކުރާ މީހުންނަށް ބަލާއިރު ބެލެވެނީ ކެފޭ ރެސްޓޯރަންޓުތަކަށް ދިއުމާއި ވިޔަފަރީގެ ބޭނުމަށް ގެއަށް ދިއުން ފަދަ ކަންކަން. އެމީހުންގެ ކިބައިން އެދެނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް 

2020/08/19 22:25

ޑރ. އަފްޒަލް: 33 ވަނަ ހަފުތާއާ އޭގެ ކުރިއާ އަޅާބަލާއިރު އެބަ އެނގޭ ކުރިން ނޫޅޭ ވަރަށް މިހާރު ނޮން ލިންކްޑް ކޭސްތައް އެބަ އުޅޭކަން. އައުޓްބްރޭކް ފެށިގެން އައި ހިސާބާއި ބަލާފަ ވަރަށް ގިނަ މީހުންނަށް ބަލި ޖެހެމުން އަންނަކަން ފާހަގަކުރެވޭ. 

ބަލި ޖެހުނު މީހުންގެ އޮކިއުޕޭޝަން: 

2020/08/19 22:21

ޑރ. އަފްޒަލް: ނޮން ލިންކްޑް ކޭސްތައް: މިއީ ކްލާސްޓާއެއްގެ އެންމެ ފުަރަތަމަ ކޭސް. މި ހުރިހާ ކޭސްތަކަށް މި ކިޔަނީ ނޮން ލިންކް ކޭސް. އެ އިން ބަލި ފެތުރޭ މިންވަރު އެނގޭނެ. އެހެން ގޮތަކަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑް ވަރަށް ބޮޑަށް އެބަ އޮތް. 

2020/08/19 22:20

ޑރ. އަފްޒަލް: ކޮންމެ ހަފުތާއެއްގައި ފެންނަ ދިވެހިންގެ އަދަދު އިތުރުވުން. ބަލި ޖެހޭ މީހުންގެ ސަބަބުން އިތުރު ކިހާ ބަޔަކަށް ޕޮޒިޓިވްވޭތޯ. އެވްރެޖްކޮށް ކޮންމެ މީހަކުން ހަތަރު މީހަކަށް. އެ ނިސްބަތް މިހާރު ދަށް. އަދި ކްލާސްޓާ ސައިޒް މިހާރު ވަރަށް ބޮޑަށް އިތުރުވެއްޖެ. ކުދި ކްލާސްޓާ އެންމެ ގިނައީ. ކްލާސްޓާތައް ހޯދުން އިތުރަށް ހަރުަދަނާކުރުން ދަނީ ކުރެވެމުން. 

2020/08/19 22:18

ޑރ. އަފްޒަލް: ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިން. މިފަހުން އެންމެ ގިނައީ 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުން. ދެން  40 އަހަރާއި 64 އަހަރުގެ މީހުން. މި ބަލި ކޮންޓްރޯލްކުރަން އެ މީހުންގެ އަމަލުތައް ބަހައްޓާ ގޮތް ވަރަށް މުހިއްމު. 

2020/08/19 22:16

ޑރ. އަފްޒަލް: 5490 ފުރަބަންދު ރިކުއެސްޓް ލިބުން

2020/08/19 22:15

ޑރ. އަފްޒަލް: 1390 ފަރާތެއް އައިސޮލޭޝަން ފެސިލިޓީގައި. 

2020/08/19 22:15

ޑރ. އަފްޒަލް: ރަށްރަށުން 21 ކޭސް. 12 ކޭސް ރިސޯޓުން. 13 ސްޓާފުންނާއި ހަތް ފަތުރުވެރިން. މިހާރު ހޮސްޕިޓަލުގައި އޮތީ 152 މީހުން. އޭގެ އިތުރުން އަށް މީހުން އައިސީޔޫގައި. ތިން މީހުން ވެންޓިލޭޓަރުގައި/ 

2020/08/19 22:14

ޑރ. އަފްޒަލް: މިއަދު ޕޮޒިޓިވްވީ 146 މީހުން. އެއީ 117 ދިވެހިން 21 ބަންގްލަދޭޝް މީހުން އަދި ދެ އިންޑިއާ މީހުން 

2020/08/19 22:13

ޑރ. އަފްޒަލް: މިހާތަނަށް 99300 ސާމްޕަލް ނެގުން. 6225 ސާމްޕަލް ޕޮޒިޓިވް.

2020/08/19 22:12

މިރޭގެ ޕްރެސް ފަށައިފި

2020/08/15 22:50

މި ޕްރެސް މިހާރު ވަނީ ނިންމާލާފައި

2020/08/15 22:49

ފުލުހުން: އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އުޅުމަށް އިލްތިމާސްކުރަން. ފަރުދީ ޒިންމާ އަދާކުރުމަށް ވެސް. 

2020/08/15 22:47

ޑރ. އަފްޒަލް: މާދަމާއަކީ ދިވެހި ރެޑްކްރެސެންޓްގެ އަހަރީ ދުވަސް. ދުވަހުގެ ތަހުނިޔާ ފޮނުވަން. ޕެންޑެމިކް ފެށުނީއްސުރެ އަގު ނުކުރެވޭ ކަންކަން ވަނީކޮށްދީފައި. ހިތުގެ އަޑިން އެކަން ފާހަގަކުރަން. 

2020/08/15 22:46

އެންމެން ވެސް ކޮންޓެކްޓް ބަބުލް ކުޑަކުރަން މަސައްކަތް ކުރަންވީ. ކުރަން ހުރި ކަންކަން ނުކުރެވޭތީ މައްސަލައަކީ. އެއްކުރާ ޑޭޓާ އިން ވެސް އެނގޭނެ ދިގުކަން. 

2020/08/15 22:44

ޑރ. އަފްޒަލް: ބިދޭސީން ބިރުން ދޮގު މައުލޫމާތުދޭ. ޕާޓީ ބާއްވާފައި ތެދު މައުލޫމާތު ނުދޭ. އެންމެ ފަހުން އޭގެ ތެރެއަށް ވަދެގެން ބެލީމަ މި އެނގެނީ އެކަހަލަ ކަމެއް ހިނގިކަން. 

2020/08/15 22:42

ޑރ. އަފްޒަލް: ކޮންޓެކްޓް ޓްރޭސިންނަކީ ވެސް ވަރަށް މަސައްކަތް. އެބަ ޖެހޭ މީހުންދޭ މައުލޫމާތު ސައްހަކަން ކަށަވަރުކުރަން. ބައެއް ފަހަރު ފުލުހުންގެ އެހީވެސް އެބަ ޖެހޭ ހޯދަން. ވަރަށް ގިނަ މައުލޫމާތުތަކެއް ނެގޭނެ. އެއް ކަމަކީ އުމުރާއި ދާއިމީ ބައްޔެއް ހުރޭތޯ ވެސް. މީގަ ދިމާވާ އެންމެ ބޮޑު ދައްޗަކީ ސައްހަ މައުލޫމާތު ފޯރުކޮށް ނުދިނުން. 

2020/08/15 22:39

ޑރ. އަފްޒަލް: ފުތަރަމަ ކަމަށް ހާލު ބެލުން ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ. ކޭސްތަކުގެ އަދަދު  ތުރުވެގެންދާއިރު ބެކްލޮގެއް އައުން އެކަށީގެންވޭ. މަަސައްކަތް މިކުރަނީ ހައްލުކުރަން.

2020/08/15 22:36

ފުލުހުން: އަޅުގަނޑުމެން ފުރަތަމަ ފަހަރު މި ނަސޭހަތްދެނީ. އެކަމަކު ތަކުރާރުކުރަންޏާއި އެބަ ފިޔަވަޅު އަޅަން. 

2020/08/15 22:34

ޑރ. އަފްޒަލް: އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ އެބަ މިފަހުން ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާކަން. ވަރަށް ބުރަކޮށް މި މަސައްކަތް ކުރަނީ.

2020/08/15 22:33

ޑރ. އަފްޒަލް: އަޅުގަނޑު މިފާހަގަކުރަނީ ބައްޔާއި ގުޅޭ ނުރަނގަޅު މައުލޫމާތު ފަތުރާވާހަކަ 

2020/08/15 22:32

ޑރ. އަފްޒަލް: އެއްގެއަކުން ގިނަ ބަޔަކަށް ބަލި ފެތުރިގެން އެބަދޭ. އެންމެން އެއް ތަނެއްގައި އުޅޭއިރު ފަސޭހައިން ބަލި ފެތުރުމުގެ ފުރުސަތު އެބައޮވޭ. 

2020/08/15 22:28

ޑރ. އަފްޒަލް: ހޯމް ކަރަންޓީނުގައިވާ މީޙުންނަށް މެސެޖެއްދާނެ. އެމީހުންނަށް މެސެޖެއް ދިޔައިމަ ރިލީޒް ސާމްޕަލް ފޮނުވަނީ. 

2020/08/15 22:28

ޑރ. އަފްޒަލް: ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި މިބަލަނީ މަދުވެގެން 15 މިނެޓް ހޭދަކޮށްފައިވާ މީހުން، އެވެސް މާސްކް ނާޅާއި، އިޖުތިމާއީ ގައިދުރުކަންވެސް ނުބެހެއްޓުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް