ads
އޮޅުވެލީގައި ހުޅުވާފައިވާ ރާއްޖޭގެ އެންމެ ދިގު ސުވިމިން ޕޫލް
ރާއްޖޭގެ އެންމެ ދިގު ސުވިމިން ޕޫލް ސަން ސިޔާމް އޮޅުވެލީގައި ހުޅުވައިފި
ސަން ސިޔާމް އޮޅުވެލީގައި 210 މީޓަރުގެ ދިގުމިނުގެ ޕޫލެއް ހުޅުވާލައިފިއެވެ.
Advertisement

މިއީ ރާއްޖޭގައި މިހާތަނަށް ހެދިފައިވާ އެންމެ ދިގު ޕޫލެވެ. މި ޕޫލް ހުޅުވާލީ މި މާރިޗު މަހު އެ ރިސޯޓުގެ ބީޗް ޕެވިލިއަންތަކާއި ސަންސެޓް ބީޗް ޕެވިލިއަންތައް އަލުން އާގޮތަކަށް ބަދަލުކުރުމަށްފަހު ރަސްމީކޮށް ހުޅުވިއިރުއެވެ.

ރާއްޖޭގެ އެންމެ ދިގު ޕޫލުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މި ޕޫލަކީ 210 މީޓަރުގެ ރީތި ފަންނީ މަސައްކަތެކެވެ. މި ޕޫލް އޮންނަނީ މޫދާ ވަރަށް ކައިރިން ގޮނޑުދޮށާ އިންވެގެންނެވެ. އަދި މި ޕޫލްގައި ސަންކަން ޕޫލް ބާއެއް ވެސް ހިމެނެއެވެ. ކެއުމާއި ބުއިމުގެ ހިދުމަތް މި ބާއިން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، 131 މީޓަރުގެ ދެވަނަ ޕޫލެއް ވެސް އެ ރަށުގައި ހަދާފައިވެއެވެ.

your imageއޮޅުވެލީގައި ހުޅުވާފައިވާ ރާއްޖޭގެ އެންމެ ދިގު ސުވިމިން ޕޫލް

އަލުން ހުޅުވާލި ބީޗް ޕެވިލިއަންތަކާއި ސަންސެޓް ބީޗް ޕެވިލިއަންތައް ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ރިސޯޓަކީ 24 ގަޑިއިރު އޯލް-އިންކްލޫސިވް ތަޖުރިބާއެއް ފޯރުކޮށްދޭ ތަނަކަށްވެފައި، އަލުން ހުޅުވާލި ޕޫލްތަކާއި ޕެވިލިއަންތަކުން ހިތްގައިމު ތަޖުރިބާއެއް ހޯދައިދޭނެ ކަމަށް ރިސޯޓުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް