ads
ބަދިގެއެއްގައި އަލިފާން ރޯވެފައި
އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް: ކައްކަން ދަސްކުރުން!
ގެތެރޭގައި އަލިފާން ރޯވުމުގެ ހާދިސާތަކުގެ ތެރެއިން އެންމެ ގިނައިން ދިމާވަނީ ކައްކާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންކަމަށް ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެންއެފްޕީއޭ) އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
Advertisement

ގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން މީހުންނަށް އެންމެ ގިނައިން އަނިޔާވަނީވެސް ބަދިގޭގައި ކެއްކުމުގެ ތެރޭގައި ކަމަށްވެސް މި އެސޯސިއޭޝަނުން ބުނެއެވެ.

ބަދިގޭގައި ކައްކާލަމުންދާއިރު ދިމާވާ އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެންމެ ގިނައިން ދިމާވާ ސަބަބަކީ ކައްކަން އުދާފައި، ބަދިގެއިން ނުކުމެ ދިއުމުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބަދިގޭގައި ކައްކަމުންދާ ވަގުތު އެހެން ކަމަކަށް ނުވަތަ އެހެން ތަނަކަށް ދިއުމަށް ބޭނުންވާނަމަ އުނދުން ނިއްވާލުމަށް  އެންއެފްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

ކައްކަންހުންނަ ތަނުގައި ހިކި ފަތް، ލަކުޑި، ކަރުދާސް ފަދަ ފަސޭހައިން އަލިފާން ހިފާ ތަކެތި ނުބެހެއްޓުމަށްވެސް އެންއެފްޕީއޭއިން އިރުޝާދު ދީފައިވެއެވެ. 

"ބަދިގެ ސާފުކޮށް ތަރުތީބުކޮށްފައި ބެހެއްޓުމުން ބަދިގޭގައި ތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ވަގުތު ހޭދަކުރަން ނުޖެހުމުގެ އިތުރުން ރައްކާތެރިކަން އިތުރުވާނެ،" ކަމަށްވެސް ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާއެއް ބަދިގޭގައި ހިނގަން ފަށައިފިނަމަ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކައްކަން ބޭނުންކުރާ ތަށީގައި ބޭނުންކުރެވޭ އަލިފާން ނިއްވާ ރަޖަލެއް ގާތުގައި ބެހެއްޓުމަށް މި ރިޕޯޓުގައި ލަފާދީފައިވެއެވެ. އަދި ކުޑަކޮށް އަލިފާން ރޯވެއްޖެނަމަ، މި ރަޖާ ބޭނުންކޮށްގެން އުނދުން ނިއްވާލުން މުހިންމެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ނުކުރެވޭވަރަށް ބޮޑުވެއްޖެނަމަ، އެންމެ ރައްކާތެރިގޮތަކީ ގެއިން ބޭރަށް ނިކުމެ، ދޮރު ލައްޕާލުމަށްފަހު އަލިފާން ނިއްވާ ޚިދުމަތަށް ގުޅުން ކަމަށް ރިޕޯޓުން ބުނެފައިވެއެވެ.

your image ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިންވާލުމުގައި އެމްއެންޑީއެފް ފަޔާ ޓީމް މަސައްކަތް ކުރަނީ: ފައިލް ފޮޓޯ 

ގެތެރޭގައި އަލިފާނުގެ ހާދިސާތައް ހިނގާ އަނެއް ބޮޑު ސަބަބަކީ އުއްބައްތި ބޭނުންކުރުމުގައި ފަރުވާކުޑަކުރުމެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އުއްބައްތި ދިއްލާފައި ނިދުމާއި، އުއްބައްތި ދިއްލާފައި ކޮޓަރިން ނުކުމެދިއުމުން ގިނަ ހާދިސާތައް ހިންގާއިރު، ފަރުނީޗަރު ފަދަ ތަކެއްޗާ ކައިރިން އުއްބައްތި ބެހެއްޓުމުންވެސް އަލިފާނުގެ ހާދިސާތައް ހިނގައެވެ. އުއްބައްތި ބޭނުންކުރާނަމަ، އަބަދުވެސް އަލިފާން ހިފާފަދަ ތަކެތިން 30 ސެންޓިމީޓަރު ދުރުގައި ބެހެއްޓުމަށާއި، ނިންދަން އޮށޯންނަ ވަގުތު އުއްބައްތި ނިއްވާލުމަށް ލަފާދީފައިވެއެވެ.

your imageއުއް ބައްތި

ގެއެއްގައި ސްމޯކް ޑިޓެކްޓަރު ބެހެއްޓުމާއި އެތަކެތި ބަރާބަރަށް މަސައްކަތްކުރޭތޯ ކޮންމެ މަހަކު ޗެކްކުރުމަކީވެސް އެންއެފްޕީއޭއިން ދޭ މުހިންމު ލަފައެކެވެ. ކޮންމެ ފަންގިފިލާއެއްގައި، ކޮންމެ ކޮޓަރިއެއްގެ ތެރޭގައި އަދި ކޮރިޑޯތަކުގައި ސްމޯކް އެލާމް ޑިޓެކްޓަރު ބެހެއްޓުމަށް ފަޔާ ސަރވިސްތަކުން އިރުޝާދު ދެއެވެ. އެލާމްތަކުގެ ބެޓެރީ ބަދަލުކުރުމާއި ދަބަރު ފޮހެލުންވެސް މުހިންމެވެ.

ގޭގައި އަލިފާން ރޯވުމުން ސަލާމަތްވުމަށް ގޭތެރޭގައި ކައްކާލުމުގައި ރައްކާތެރިވުމަކީ އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. ނަމަވެސް ސްމޯކް ޑިޓެކްޓަރުގެ އެލާމްތައް ރަނގަޅަށް ބެލެހެއްޓުމާއި އުއްބައްތި ބޭނުންކުރުމުގައިވެސް ފަރުވާތެރިވުމަކީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް