ads
ފީހުގައި ގިނައިރު އިށީނދެ އިންނުމަކީ ފުރާނައަށް ނުރައްކަލެއް
އޮފީހުގައި ގިނައިރު އިށީނދެ އިންނަ ނަމަ ސަމާލުވޭ: މިއީ ފުރާނައަށް ނުރައްކަލެއް!
އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުންގެ ދުވަހުގެ ބޮޑު ބައެއް ހޭދަކުރަނީ ކޮމްޕިއުޓަރު ދޮށުގައި އިށީނދެގެންނެވެ.
Advertisement

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދިގު މުއްދަތެއްގައި އެއްތަނެއްގައި އިށީނދެ ތިބުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދައިން، ފުރާނައަށް ނުރައްކާކުރުވާ ކަމެކެވެ. މިއީ ހަމައެކަނި ބުރަކަށީގައި ރިއްސުމަށް މެދުވެރިވާ ކަމެއް ނޫނެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހަކުރު ބައްޔަށް މީހާ ހުށަހެޅިގެންދެއެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް ބިހޭވިއަރަލް ނިއުޓްރިޝަން އެންޑް ފިޒިކަލް އެކްޓިވީޓީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ދުވާލަކު 6 ގަޑިއިރަށް ވުރެ ގިނައިރު އިށީނދެ އިންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު، ހަރަކާތްތެރިވެ އުޅޭ މީހުންނަށް ވުރެ މަތީ ޕަސަންޓެއްގައި ހުރެއެވެ. މީގެ މައިގަނޑު ސަބަބަކީ ގިނައިރު ހަރަކާތެއް ނެތި ތިބުމުން ލޭ ދައުރުވުން ލަސްވެ، ހަށިގަނޑުން ފެޓްސް ނުވަތަ ސަރުބީ އަންދާ މިންވަރު ދަށްވުމެވެ. އަދި އިންސިއުލިން މަސައްކަތްކުރާ ގޮތަށް ބަދަލު އައިސް، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑަށް ދަތިވެއެވެ.

މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ދެއްވާ އިންޒާރަކީ ވަރަށް ސީރިއަސް އިންޒާރެކެވެ. މާހިރުން ފާހަގަކުރާ ގޮތުގައި އޮފީހުގައި 8 ގަޑިއިރު އިށީނދެ އިނުމަށްފަހު، ހަވީރު ޖިމްއަށް ގޮސް އެއް ގަޑިއިރު ކަސްރަތު ކުރި ނަމަވެސް، ދުވާލު ހަތަރުދަމު އިށީނދެ އިނުމުން ލިބުނު ގެއްލުން މުޅިން ފޫނުބެއްދޭނެއެވެ. 

"އިށީނދެ ތިބުމަކީ އާ ދުންފަތުގެ އިސްތިއުމާލު ކުރުން" ކަމުގައި ބައެއް ޑޮކްޓަރުން ސިފަކުރަނީ މިސަބަބާ ހުރެއެވެ. އެހެންކަމުން މުހިންމީ ހަމައެކަނި ކަސްރަތު ކުރުމެއް ނޫނެވެ. ދުވާލުގެ ވަގުތުތަކުގައި ހަރަކާތްތެރިވުމެވެ.

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ޑޮކްޓަރުން ލަފާދެނީ ކޮންމެ 30 މިނެޓަކުން އެއްފަހަރު ގޮނޑިން ތެދުވެ، ކުޑަކޮށް ހިނގާލުމަށެވެ. ފޯނުން ވާހަކަ ދައްކާއިރު ކޮޅަށް ހުރެ ވާހަކަ ދެއްކުމާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުން ފަދަ އާދަތައް ހިފެެއްޓިދާނެއެވެ. މީގެ އިތުރުން މިހާރު ގިނަ އޮފީސްތަކުގައި "ސްޓޭންޑިން ޑެސްކް" ބޭނުންކުރަން ފަށާފައިވުމަކީ ރަނގަޅު ބަދަލެކެވެ. ސިއްހަތު ރަނގަޅުކޮށް ހުރުމަށްޓަކައި އޮފީސް މާހައުލުގައި ގެންގުޅޭ މިފަދަ ކުދި އާދަތަކަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް