ads
މާފަންނު އީދު މިސްކިތް
މުޅިންވެސް އީދު ނަމާދުކުރި މިސްކިތް، ނަންވެސް ދިނީ އެގޮތަށް
މި މިސްކިތަކީ މާފަންނު ހަނދުވަރީ ހިގުމުގައި ހުންނަ މިސްކިތެކެވެ. މިހާރުގެ ގޮތުން ތަން ކިޔާދޭނަމަ މާފަންނުގައި ހުންނަ ލެމްނަގްރާސް ކެފޭގެ އުތުރުން އެ ހުންނަނީ މި މިސްކިތެވެ.
Advertisement

މި މިސްކިތަށް ދެވިފައިވާ ނަމަކީ އީދު މިސްކިތެވެ. މި ނަން މި މިސްކިތަސް ދެވުނީ ބުނެވޭގޮތުން އިހު ޒަމާނުގައި މާލޭ ރައްޔިތުން އީދު ނަމާދުކޮށް މުޅިންވެސް މި މިސްކިތުގަ އެވެ. 

މިސްކިތުގައިވާ ލިޔުންތަކުން ފެންނަ އޮތް ގޮތުން މި މިސްކިތަކީ އައްސުލްތާން މުހައްމަދު މުއީނުންދީންް އިސްކަންދަރު ކުޅަ ސުއްދުސަ ކައްތިރި ބޮވަނަ މަހާރަދުންގެ ދުވަސްވަރު އެޅުނު މިސްކިތެވެ. އެއީ މީލާދީން 1799 އިން 1835 ދެމެދު އެވެ. 

your imageއީދު މިސްކިތް 

ބުނެވޭ ގޮތުގައި މީލާާދީ ތާރީހުން 1815 ވަނަ އަހަރު ހިސާބުގައި އީދު މިސްކިތް ބާއުވެގެން އެހެން އިީދު މިސްކިތެއް ބިނާކުރި އެވެ. 

އީދު މިސްކިތަށް ވަންނަދޮރުގެ ދެކުނު ފަރާތުން ފާރެއްގައި ގަލުން ބިންވަޅު ނަގާ ހަދާފައިވާ ސިއްކައެއް ވެއެވެ. މި ސިއްކާގައި ވަނީ މިސްކިތް ބިނާ ކުރެއްވި ރަދުންނާއި ބައެއް އެހެނިހެން ބޭބޭފުޅުންގެ ނަންތަކެވެ. 

your imageއީދު މިސްކިތުގައި ހުންނަ މިމްބަރު 

މި މިސްކިތުގައި ފެންނަ ހުރި މިމްބަރަކީ މި މިސްކިތް ފުރަތަމަ ހެއްދެވިއިރު ބެހެއްޓި އެއްޗެއް ނޫންކަމަށް ތާރީހީ ލިޔުންތަކުން ބުނެ އެވެ. އެކަން ސާފުވަނީ މިމްބަރާއި ދިމާލުގައި ހުރި ލޯކޮޅެެއްގައިވާ ލިޔުމަކުންކަމަށް ތާރީހީ ލިޔުންތައް ބުނެެ އެވެ. މި ލިޔުންތަކުން އެގެނީ މިސްކިތުގައި މިމްބަރު ހެދުނީ ހިޖުރައިން 1917ގައި ކަމެވެ. އޭގެ އިން އެނގެނީ މިމްބަރު ހެދުނީ އައްސުލްތާން މުހައްމަދު ޝަމްޝުއްދީން އިސްކަންދަރު ރަސްކަމުގައި ހެދުނުކަމެވެ. 

your imageއީދު މިސްކިތުގެ ބެރިތަކާއި މަތިވަޑާން ގަނޑު

އީދު މިސްކިތުގެ ހުޅަނގުން ވަރަށް ހާއްސަ މިމްބަރެއް ކުރިން ހުރެ އެވެ. އެއީ އީދު ދުވަހު ހުތުބާ ކިޔާ މީހާ ހުތުބާ ދޭން އަރާ މިމްބަރެވެ. މީގެއިތުން މި މިސްކަތް ކައިރީ ވެވެއް އޮތެވެ. އެ ވެވަށް ކިޔާ އުޅުނީ ކުޑަވެޔޮ މިހެންނެވެ. 

އީދު މިސްކިތުގެ އެކި ބެރިތައް ވަނީ ލާފެން ކޮށްގެން ލިޔެފަ އެވެ. މި މިސްކިތުގެ އިރުމަތީފައި ފެންނަ އޮތް ފެންޑާ ލެވުނީ 17 އޮގަސްޓް 1977ގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް