ads
ސުޕްރީމް ކޯޓަށް އައްޔަންކުރަން ނަން ފޮނުވި ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދުއާއި ރައީސް މުހައްމަދު މުއިއްޒު
ޝަހީދު ސުޕްރީމްކޯޓަށް އައްޔަންކުރަން ދިރާސާކުރަން ކޮމެޓީއަށް
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު އައްޔަން ދިރާސާކުރަން ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި މި ވަގުތު ހުންނެވި ހުސައިން ޝަހީދު އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވީ ރޭގެ ވަގުތެއްގައެވެ. 

ޖޭއެސްސީން އާދިއްތަ ދުވަހުގެރޭ ވަނީ ޝަހީދުއާ އިންޓަވިޔުކޮށް، ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސްއަށް ލަފާދޭން ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ލޯ ގްރެޖުއޭޓެކެވެ. ޝަހީދުވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފަ އެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަގާމު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް