ads
ފިހާރައިން ފޭރުނުތަން ފެންނަ ވީޑިއޯގެ މަންޒަރެއް
ކޭޝިއަރުގައި ކަރުގައި ވަޅި ޖައްސާ ފައިސާއާއި ސިނގިރޭޓް ފޭރިގަންފި
މާލޭގެ ފިހާރަޔަކަށް ބަޔަކު ވަދެ ކޭޝިއަރަށް ވަޅިން ބިރުދައްކާ ފޭރިގަންފިއެވެ.
Advertisement

ފުލުހުން ބުނީ އިއްޔެ ހެނދުނު 9:25 ހާއިރު މާފަންނުގައި ހުރި ފިހާރަޔަކަށް ދެމީހަކު ވަދެ ކޭޝިއަރަށް ތޫނު އެއްޗަކުން ބިރު ދައްކާ ފޭރިގެންފައިވާކަަމަށެވެ. 

ފިހާރައިގެ ސޭޓަކަށް އިނީ ބަންގްލަދޭޝް ރައްޔިތެއްކަމަށާއި އޭނާ އަށް ބިރު ދައްކާ ފިހާރައިން ފައިސާއާއި ސިނގިރޭޓް ފޭރިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ވެސް ބައެއް އެހެން ތަކެތިވެސް އެމީހުން ފިހާރައިގެން ނަގައިގެން ގެންދިޔަކަމަށް ފުލުހުން ބުނެެއެވެ. 

your imageފިހާރައިން ފޭރުނު މީހުން. އެކަކު މީހުން އަދޭތޯ ބަލަން ފިހާރަ ދޮރުމަތީ މަޑުކޮށްގެން 

މި ވައްކަމުގެ މަންޒަރު ތައް ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުން ދެމީހުން އެކުގައި ފިހާރައަށް ވަދެ ކޭޝިއަރަށް ބިރު ދެެއްކުމަށްފަހު އަނެކަކު ފިހާރައިން ތަކެތި ނަގާއިރު އަނެއް މީހާ ހުންނަނީ ދޮރުމަތީ އެހެން މީހަކު އާދޭތޯ ބަލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް