ads
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް: ހާޒިރުވުމުގެ މުއްދަތު ކުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް ދެވޭ މުއްދަތު ކުރުކޮށް، ބަންދު ދުވަސްތައް ހިމަނައިގެން ތިން ދުވަހަށް ބަދަލުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

މިއީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އިސްލާހެއް ކަމަށްވާއިރު، އެ އިސްލާހު ވަނީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މިހާތަނަށް ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް ދެވެމުން އައީ ބަންދު ދުވަސްތައް ނުހިމަނައި ފަސް ދުވަހުގެ މުއްދަތެވެ. އެހެންނަމަވެސް، މި އިސްލާހާ އެކު އެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން ތިން ދުވަހަށް ކުރުކޮށްފައިވެއެވެ. މި ބަދަލު ގެނައުމުގެ މަގުސަދަކީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި އިސްލާހްގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތްތައް ހަލުވިވެގެންދާނެއެވެ. އަދި މީގެ ސަބަބުން މުހިންމު ނިންމުންތައް ނިންމުމުގެ ދުވެލި އަވަސްވެގެންދާނެ ކަމަށާއި، ކޮމިޓީތަކަށް މަޢުލޫމާތު ހޯދުމާއި ފަރާތްތައް ހާޒިރުކުރުން ފަސޭހަވެގެންދާނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ބަދަލާއެކު ބައެއް މުއައްސަސާތަކުން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވުމަށް އެކި ސަބަބުތައް ދައްކައިގެން ފަސްކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ދެކޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ކުރިން ބަންދު ދުވަސްތައް ނުހިމަނާ ފަސް ދުވަސް ދެވެމުން އައި އުސޫލު ބަދަލުކޮށް، ތިން ދުވަހަށް މި މުއްދަތު ކުރުކުރުމަކީ ކޮމިޓީތަކުގެ މަސައްކަތް ހަލުވިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް