ads
ހައްޖަށް ގެންދިޔުން ހަމައެކަނި ކޯޕަރޭޝަނަށްދީ އުސޫލަށް ބަދަލު
ދިވެހިރައްޔިތުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް ކަނޑައަޅާ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އާއުސޫލު އާއްމުކޮށްފިއެވެ.
Advertisement

މިއަދު އާއްމުކުރި އުސޫލަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ދިވެހިރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލުކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ހައްޖުގެ ހިދުމަތްދޭ ފަރާތުން އަމަލުކުރަމުންދާކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެކުވަލައިފައިވާ އުސޫލެއްކަމަށް މިނިސްޓްރީން ބުނެއެވެ. 

މި އުސޫލުގެ ދަށުން ހައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމާއި، ހައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ހައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

 މި އުސޫލުގައިވާ ގޮތުން ދިވެހިރައްޔިތުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމެވެ. އަދި  ހައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތޭ ސިޔާސަތަށް ގެނެވުނު ބަދަލުގެ ދަށުން އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް