ads
ކްރިމިނަލް ކޯޓު
އޮޅިގެން ސައިކަލަށް އެރުނު ކަމަށް ބުނި މީހާ 15 ދުވަހަށް ބަންދުކޮށްފި
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް ހައްޔަރުކުރި މީހަކު، އެ ސައިކަލަށް އެރުނީ އޮޅިގެން ކަމަށް ބުނެފިއެވެ.
Advertisement

އެހެންނަމަވެސް، ކޯޓުން އޭނާގެ މައްޗަށް 15 ދުވަހުގެ ބަންދު އަމުރެއް ވަނީ ނެރިފައެވެ. 

މިމައްސަލާގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ، ޗާންދަނީގޭ، 25 އަހަރުގެ މުހައްމަދު ފާރިހެވެ. ފުލުހުން ފާރިހް ހުއްޓުވިއިރު، އޭނާއަށް ސައިކަލުގެ މަޑި ހުޅުވަން ނޭނގުމުން، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުން ބެލިއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބުނެފައިވަނީ އޭނާ އަރަން އުޅުނީ އޭނާގެ ކޮއްކޮގެ ސައިކަލަށް ކަމަށާއި، އެ ސައިކަލު ޖެހިގެން އިން ސައިކަލަށް އެރުނީ އޮޅިގެން ކަމަށެވެ. އޭނާގެ ބަޔާނުގައި އޭނާގެ ކޮއްކޮ އެ ސައިކަލު ގެންގުޅޭތާ އަހަރުތަކެއް ވެދާނެ ކަމަށާއި، ނަމަވެސް އެ ދެ ސައިކަލު ތަފާތުކުރަން ނޭނގުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފާރިހްއަކީ މިކަހަލަ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ.

ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ސައިކަލު ވަގަށް ނެގުމަށް އެހީތެރިވެދިން ކަމަށް ބެލެވޭ އެހެން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މިމައްސަލައިގައި ފާރިހްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް