ads
މަޖިލިހުގެ ރައީސްް އަބްދުއްރަހީމް، ރައީސް މުއިއްޒަށް މަރުހަބާ ކިޔުއްވަނީ
ބޮޓެއްކަމަށް ތުހުމަތުކުރުމުން އަދުރޭގެ ހަރުކަށި ރައްދެއް
ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގައި ހުރި "ބޮޓެއް" ކަމަށް ކުރެވުނު ތުހުމަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަރުކަށި ރައްދެއް ދެއްވައިފިއެވެ.
Advertisement

ރޯދަ މަހު ވަޒީރުން މަޖިލީހަށް ހާޒިރުކުރުމުގެ މައްސަލަ ހޫނުވި މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުގެ ދަށުން މަޖިލިސް ހިންގާ ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫންކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ ފުރިހަމަ ބާރު ހިނގާ މަޖިލީހެއް ކަމަށާއި މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގައި ހުންނެވި ބޭފުޅެއް ކަމަށް ތުހުމަތު ކުރިއެވެ. "ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މި ތަން މި އޮޕަރޭޓްކުރަނީ" މައުރޫފް ވިދާޅުވިއެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން، ރައްޔިތުންގެ މަޖިލިސް ހިންގަމުންދަނީ މަޖިލީހުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ "ރާއްޖޭގައި ގާއިމްކުރެވިފައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމަށާއި، އެއް ބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވޭ ގޮތަށް ފާރަވެރިވުމުގެ އުސޫލުން،" ކަމަށެވެ.

މަޖިލީހުގެ ރައީސް އެދިލެއްވީ ރޯދަ މަހުގައި ވާހަކަދައްކާއިރު ކަންކަމާމެދު ބޮޑަށް ވިސްނަން މުހިންމުކަމަށެވެ. އަދި މަޖިލީހުގެ މެންބަރަކަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ އެއްވެސް މެންބަރަކު ކޮށްގެންވާނެ ކަމެއް ނޫންކަންވެސް ހަނދާންކޮށްދެއްވިއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް