ads
ދިރާގު ގޭމާސް ގިލްޑުން އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގޭމިންގ މުބާރާތް އައްޑޫގައި ނިންމާލައިފި
ދިރާގު ގޭމާސް ގިލްޑުން ބޭއްވި ގޭމިން މުބާރާތް އައްޑޫގައި ކާމިޔާބުކަމާއެކު ނިންމާލައިފި
ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގޭމިންގ މުބާރާތް "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ކާމިޔާބުކަމާއެކު އައްޑޫ ސިޓީގައި ނިންމާލައިފިކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
Advertisement

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާރިޗު 16 އިން 17 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި ކަމަށް ދިރާގުން ބުނެފައިވެ އެވެ. މި މުބާރާތަކީ ދިރާގާ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި އިވެންޓެކެވެ.

ގޭމްކުއެސްޓް-އައްޑޫ އެޑިޝަންގައި 100 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވެފައިވެ އެވެ. މި މުބާރާތް އަމާޒުކޮށްފައިވަނީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށެވެ. މި މުބާރާތުގައި އީ.އޭ.އެފް.ސީ 25 ގެ މުބާރާތެއް ބާއްވައި، ވަނަވަނަ ހޯދައިފައިވާ ގޭމަރުންނަށް ޖުމްލަ 10,000 ރުފިޔާގެ އިނާމް ދެވުނެވެ.

your imageދިރާގުގެ "ގޭމްކުއެސްޓް އައްޑޫ އެޑިޝަން" ކާމިޔާބުކަމާއެކު ނިންމާލައިފި -- ފޮޓޯ/ ދިރާގު

އީއޭއެފްސީ 25 ގެ މުބާރާތުގެ އިތުރުން، ޖީޓީ7 ރޭސިން ސިމިއުލޭޝަން، އެސްޓްރޯ-ބޮޓް އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ކުޅެން ފްރީ ސްޓޭޝަންތައް ހިމަނައިފައިވާކަމަށް ދިރާގުން ބުނެފައިވެ އެވެ. މި ގޭމްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ބައިވެރިވި ގޭމަރުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި، ނަސީބުވެރި 4 ފަރާތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިރާގުން ބުނެފައިވެއެވެ. މީގެ އިތުރުން، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށްވެސް ޑީ.ޖީ.ޖީ އިން ބުނެފައިވެ އެވެ. ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް