މިކަން ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ގީލާ އަލީގެ ނަން މި މަގާމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ މަޖިލީހަށް ފޮނުއްވާފައެވެ. މިގޮތުން ގީލާއަކީ މިހާރުވެސް ކިންގްޑޮމް އޮފް ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. މަޖިލީހުގެ ތަޅުމުން މި މައްސަލަ ދިރާސާކުރުމަށް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ޑެންމާކަށް ކަނޑައަޅާ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތެކެވެ. މިއާއެކު، ގީލާ އަލީގެ ނަން މަޖިލީހުގެ ތަޅުމަށް ގޮސް، ފުރިހަމަ ރުހުން ލިބުމުން އޭނާ ވާނީ ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައަޅާ ސަފީރަށެވެ.