ads
ފޮޓޯ: އެމްއައިބީ
ރޯދަ މަހުގެ ފަހު 10ގައި އެމްއައިބީ ބިޒްނަސް ސެންޓަރުން ހިދުމަތް ލިބޭނެ
ރާއްޖޭގެ ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކް، އެމްއައިބީގެ ބިޒްނަސް ސެންޓަރުން ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި ވެސް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން އިއުލާންކޮށްފި އެވެ.
Advertisement

އެމްއައިބީގެ ހެޑް އޮފީހުގައި ހުންނަ ބިޒްނަސް ސެންޓަރުން ހިދުމަތް ލިބެން ހުންނާނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކަމަށް ބުނެފައިވެއެވެ.

އެމްއައިބީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ރޯދަ މަހުގެ ފަހު 10 ދުވަހުގެ ބަންދުގައި ބިޒްނަސް ސެންޓަރުން ހިދުމަތް ލިބޭނީ ހެނދުނު 11:30 އިން މެންދުރުފަހު 14:00 އަށް ކަމަށެވެ. އެހެންނަމަވެސް މާޗު 20، 27 އަދި 29 ވަނަ ދުވަހު ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 14:00 އަށް ކަމަށް ބޭންކުން ބުނެފައިވެ އެވެ.

ބިޒްނަސް ސެންޓަރުން ހިދުމަތް ލިބުމުގެ އިތުރުން، ފަހު 10 ދުވަހުގެ ތެރޭގައި އެމްއައިބީގެ މަގުބޫލު ހިދުމަތެއް ކަމަށްވާ އުޖާލާ ދިރިއުޅުން ފެސިލިޓީގެ ހިދުމަތް ވެސް މެދުނުކެނޑި ލިބޭނެ ކަމަށް ބޭންކުން ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ވެއެވެ.

ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް މުސާރަ ޖަމާކުރުމުގެ ހިދުމަތް ވެސް އެމްއައިބީން މެދުނުކެނޑި ފޯރުކޮށްދޭނެ އެވެ. އެގޮތުން އެ ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް ބަލްކް ޓްރާންސްފަރގެ ހިދުމަތް ބޭނުންކޮށްގެން މުސާރަ ޖަމާކުރެވޭނެ އެވެ. މި ހިދުމަތް ބޭނުންކުރާއިރު މުސާރަ ކޯޑުގައި މުސާރަ ޖަމާކުރުމަށް ބޭންކަށް އެއްވެސް ޑޮކިއުމެންޓެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ބޭންކުން ހާމަކޮށްފައިވެ އެވެ.

އެމްއައިބީއަކީ ބޭންކިންގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭން ފެށި ރާއްޖޭގެ ފުރަތަމަ ބޭންކެވެ. މިހާރު އެ ބޭންކުގެ ފައިސާ މޮބައިލް އެކްސް މެދުވެރިކޮށް ޓްރާންސެކްޝަން އެޕްރޫވްކުރުމާއި އަމިއްލަ އެކައުންޓާއި ވިޔަފާރި އެކައުންޓުތަކާ ދެމެދު އެކައުންޓު ސްވިޗްކުރުން ފަދަ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ވެސް އެމްއައިބީން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް