ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއަދު މެންދުރު 14:00 ހާއިރު އެ މައްސަލަ ރިޕޯޓުކުރެވުނު ކަމަށާއި، ފުލުހުން ވަގުތުން ހާދިސާ ހިނގި ތަނަށް ގޮސް ބެލިބެލުމުން އެ ބިދޭސީ އަންހެން މީހާ ރަހީނުކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ބިދޭސީ އަންހެނާއާ ކުރެވުނު އިންޓަވިއުއިން ދައްކާގޮތުގައި، އޭނާއާއި ވަޒީފާދޭ ފަރާތާ ދެމެދު ޒުވާބެއް ހިނގުމަށްފަހު، ތިންވަނަ ފަރާތަކުން އޭނާ ރަހީނުކޮށްފައިވާ ކަމަށް ގަބޫލުކޮށް ރިޕޯޓު ކުރީކަމަށް ބެލެވެއެވެ. ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.