ads
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން: ފޮޓޯ އެމްޑީޕީ
ރާޢްޖެ މިދަނީ އަނބުރާ ހުދުމުހުތާރު ވެރިކަމަކަށް: އެމްޑީޕީ
ރާއްޖެ އަނެއްކާވެސް ކުރީގައި އޮތްފަދަ ހުދުމުހުތާރު ވެރިކަމުގެ ނިޒާމަކަށް އެނބުރިގެންދާތަން ފެނިގެންދާ ކަމަށް، އެމްޑީޕީގެ ލީގަލް ޓީމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހުމުގެ މައްސަލަ ކުށްވެރިކުރެއްވިއެވެ.

އައިކު ވިދާޅުވީ، "މަގުމަތީގައި އަޅުގަނޑުމެން ދައްކާ ވާހަކައެއްގެ ރައްދު ކަޅުތެލުން ދޭން ވެއްޖެއްޔާ މި ގައުމުގެ އެއްވެސް މީހެއްގެ ރައްކާތެރިކަމެއް ނޯންނާނެ" ކަމަށެވެ.

މަންދީއަށް ކަޅުތެޔޮ ޖެހުމަކީ ވަރަށް މުޑުދާރު، ހަޑި އަދި ފިނޑި އަމަލެއް ކަމަށްވެސް އައިކު ސިފަކުރެއްވިއެވެ.

ބައްދަލުވުމުގައި ވާހަކަ ކުރިއަށް ގެންދަވަމުން، ތަހުގީގީ އިދާރާތަކުން އެމްޑީޕީ އެކްޓިވިސްޓުންނަށް ބިރު ދައްކަމުންދާކަން ފާހަގަކުރައްވަމުން، މާލޭގެ ހުރިހާ ފުލުސް ސްޓޭޝަނެއްގެ އިންޓޮރެގޭޝަން ރޫމްތައް ހުސްކުރެވިފައިވަނީ އިހުތިޖާޖުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ސުވާލު ކުރުމަށް ކަމަށް އައިކު ބުންޏެވެ. 

މިކަމުން ފުލުހުން އެހެން އިތުރު އެއްވެސް މައްސަލައެއް ބަލަމުންދާކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އައިކު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ސީރިއަސް މައްސަލަތައް ބެލުމުގެ ބަދަލުގައި ފެނިގެން މިދަނީ ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ އަނބުރައިގެން އުޅޭތަން ކަމަށެވެ. މިއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، މިފަދަ ހަޑި ޢަމަލުތައް ހިންގުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށްވެސް އައިކު ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް