ads
ކާނިވާ ސްޓޭޖްގެ އާ ޑިޒައިން
ކާނިވާ ސްޓޭޖްގެ އާ ޑިޒައިން މާލެ ސިޓީ ކައުންސިލުން ދައްކާލައިފި
މާލޭގެ ކާނިވާ ސަރަހައްދުގައި އަލަށް އިމާރާތްކުރާ ސްޓޭޖުގެ ޑިޒައިން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
Advertisement

މިހާރު ހުރި ސްޓޭޖު ތަޅާލުމަށްފަހު ބިނާކުރާ އާ ސްޓޭޖަކީ ޒަމާނީ ފެންވަރުގެ ތަނެއް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކައުންސިލުން ކުރެހުން ހާމަކޮށްފައިވަނީ މި މަސައްކަތް ކުރުމަށް މި މަހުގެ 14 ވަނަ ދުވަހު ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށްފަހުގައެވެ. މި ޕްރޮޖެކްޓަށް 4.8 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށާއި މަސައްކަތް 140 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ސްޓޭޖް، ﷲގެ އިރާދަފުޅާއެކު ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ. އާ ސްޓޭޖުގެ ޑިޒައިން ދައްކާ ފޮޓޯއެއްވެސް މޭޔަރު ޕޯސްޓްގައި ހިމަނުއްވާފައިވެއެވެ.

ކާނިވާ ސްޓޭޖު އާކުރުމުގެ މަސައްކަތަކީ މިހާރުގެ މާލެ ސިޓީ ކައުންސިލް ވުޖޫދަށް އައުމަށްފަހު ފާސްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަލިމަސް ކާނިވާ ސަރަހައްދަކީ މީގެ 21 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ތައުލީމީ މުންނާރު ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި ކާނިވަލެކެވެ. އޭގެފަހުން އެތަނުގައި ކެފޭތައްވެސް ގާއިމްކޮށް ހިންގަމުން އައިސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް