ads
އެމްޓީސީސީ
މިކަމަށް ހޮވޭ ކޮންމެ ޒުވާނަކަަށް އެމްޓީސީސީން 5000 ދެނީ
އެމްޓީސީސީގެ "ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް އެކުންފުނިން ހުޅުވާލައިފިއެވެ.
Advertisement

އެމްޓީސީސީން ބުނީ "ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ބައިވެރިވުމުގެ ފުރުސަތު 17 އަހަރާއި 25 އަހަރާ ދެމެދުގެ ހުރިހާ ޒުވާނުންނަށް ހުޅުވާލާފައިވާކަމަށެވެ. 

ޖީސީއީ އޯލެވެލް 3 ފާސް ހާސިލުކޮށްފައިވ،ާ ފީލްޑް ސޭލްސް ހަރަކާތްތަކާއި ފީލްޑް ވިޒިޓްތަކަށް ދިއުމަށް ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ހުރިހާ ޒުވާނުންނަށް މި ފުރުސަތު ހުޅުވިފައިވާކަަމަށް އެމްޓީސީސީން ބުނެއެވެ. އަދި ދިވެހިބަހާއި އިނގިރޭސި ބަހަށް ފަރިތަކޮށް ވާހަކަ ދެއްކުމާއި މައިކްރޮސޮފްޓް އޮފީސް ބޭނުންކުރަން އެނގޭ ޒުވާނުންނަށް އިސްކަންދޭނެކަމަށާއި މެރިން އިންޑަސްޓްރީގެ ތަޖުރިބާ ލިބިފައިވާ ޒުވާނުންނަށް އިސްކަންދޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ބައިވެރީންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސެއް ވެސް ލިބޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

"އެމްޓީސީސީ ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްޓީސީސީ ބުނެއެވެ. 

އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވ،ާ އަހުލުވެރި ދިވެހީން ބިނާކުރުމަށް ޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އެ ކުންފުނީގެ މިފަހަރުގެ އަމާޒަކީ މި ފަހަރު ހުޅުވާލި ޕްރޮގްރާމްގެ ތެރެއިން "ހުނަވަރު ސޭލްސް ޓްރޭނީ" މަގާމުގައި 10 ފަންނުވެރިން ތަމްރީންކަމަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެމްޓީސީސީގެ ޓްރޭޑިން ޑިވިޒަނަށް ބޭނުންވާ ސޭލްސް މުވައްޒަފުން ތަމްރީނުކުރންކަމަށާއި މި ތަމްރީނުތަކުގައި އުނގަންނައިދިނުމަށް ހަމަޖެހިފައިވަނީ މުދާ ވިއްކުމާއ،ި ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ހުނަރުކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޕްރޮޑަކްޓް ތަކާއި ހިދުމަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދެވޭނކަމަށާއި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށްކަމަށް އެމްޓީސީސީން ބުނެއެވެ. މި މުއްދަތުގެތެރޭގައި ތަމްރީނުވުމަށްފަހު އިވެލުއޭޝަނުން ފާސްވާ ފަރާތްތަ ކަށް ވަޒީފާގެ ފުރުސަތު ލިބޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް