ads
ރައީސް ޑރ. މުއިއްޒު
ރައީސް ފިޔާޒަށް ގުޅުއްވި މައްސަލަ ބަލަން އައިއެފްޖޭއިން ގޮވާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިޔާ، އަދި އަދަދު ނޫހުގެ ސީ.އީ.އޯ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި ބިރު ދައްކަވައި އިންޒާރު ދެއްވިކަމަށް ބުނެ އެ މައްސަލަ ބަލަން ފުރިހަމައަށް ތަހުގީގު ކުރަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިން ގޮވާލައިފިއެވެ.
Advertisement

ރައިސް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލަ ބަލާދިނުމަށް އަދަދު ނޫހުން ވެސް ވަނީ ފުލުހުންނަށް ހުށައަޅައިފައެވެ. 

 ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އައިއެފްޖޭއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ރައީސް މުއިއްޒު އިންޒާރު ދެއްވިކަމަށް ބުނާ މައްސަލައިގައި ދެފުށް ފެންނަ އަވަސް ތަހުގީގެއް ހިންގަން ގޮވާލާފައެވެ. 

އެ ބަޔާނުގައިވަނީ އިންތިހާބީ މަގާމުތަކުގައި ތިބޭ ސީނިއާ އޮފިޝަލުންގެ ފަރާތުން ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން އެއްވެސް ކަހަލަ އިންޒާރެއްދީ، ބިރު ދައްކާ، ފުރައްސާރަ ކުރުމަކީ   ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. 

އެ ޖަމްއިއްޔާ އިން ބުނީ ފިޔާޒަށް ރައީސް ގުޅުއްވިކަމަށް ބުނާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮޅުންފިލުވައިދޭންޖެހޭކަމަށެވެ. 

އަދަދު ނޫހުން  ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ 19:04 ގައި އެނޫހުގެ އަދި ސީ.އީ.އޯ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި ބިރު ދައްކަވައި އިންޒާރު ދެއްވާފއިވާކަމަށެވެ. 

އެ ބަޔާނުގައި ބުނީ ރައީސް، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ކޯފާވެގެ ކަމަށެވެ. އެ އެއްވުމުގައި ދެކެނު ވާހަކަ އަދަދު ނޫހުން ރިޕޯޓްކޮށްފައިވެސް ނުވާނެކަމަށާއި އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސްބޭފުޅުން ދެއްކެވި ވާހަކައިންކަމަށް އަދަދު ނޫހުން ނެރުނު ބަޔާނުގައިވެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް