
އިބްރާހިމްގެ ފުރަތަމަ ފިލްމު "ނަދާނިޔާން" އަށް ފާޑުކިޔުމުން، އޭނާއާއި ޕާކިސްތާނު ކްރިޓިކެއް ކަމަށްވާ، ތަމޫރު އިގްބާލްއާ ދެމެދު އިންޒާރު ދީ ދައްކާފައިވާ ވާހަކަތަކެއްކަމަށް ބުނާ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ.
ތަމޫރު އިގްބާލް އޭނާގެ އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، "ނަދާނިޔާން" ފިލްމަށް ފާޑުކިޔުމުން އިންޑިއާގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އޭނާއަށް އޮންލައިންކޮށް ގޯނާކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިކަން އިންޑިއާ-ޕާކިސްތާން ވާދަވެރިކަމަކަށް ބަދަލުނުކުރުމަށާއި، މިއީ ހަމައެކަނި ހަޑި ފިލްމަކަށްކީ ފާޑުކިޔުމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މި ޖަދަލުގެ ސަބަބުން ފިލްމަށް ސަމާލުކަން ލިބުނު ކަމަށާއި، ފިލްމުގެ މައިގަނޑު ތަރިންނަށް އެކަމަށްޓަކައި އޭނާއަށް ޝުކުރު އަދާކުރަންޖެހޭނެ ކަމަށެވެ.
"ނަދާނިޔާން" ފިލްމަކީ އިބްރާހިމް އަލީ ހާންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދަރިފުޅު ހުޝީ ކަޕޫރުގެވެސް ފުރަތަމަ ފިލްމެވެ.