ads
ފިހާރައަކަށް ބަޔަކު ވަދެ ވަޅިން ބިރު ދައްކާ ފޭރެނީ
ފުރަތަމަ 10އެއްގައި ވައްކަަމާއި ބިރުދެއްކުން އިންތިހާ، ދުވާލަކަށް 14 ވައްކަން
މި ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ވައްކަން އިންތިހާ މިންވަރަށް އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަފި އެވެ.
Advertisement

އެ އިދާރާއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މި ރޯދަމަހުގެ ފުުރަތަމަ 10 އެއްގައި އެންމެ ގިނައީ އެކްސިޑެންޓާއި ވައްކަމުގެ މައްސަލަތަކެވެ. 

ފުރަތަމަ 10 އެއްގައި ފުލުހުންނަށް ވަނީ 692 މައްސަލައެއް ރިޕޯޓްކޮށްފައެވެ. އެގެތެރެއިން ދެވަނަ އަށް އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. އެ މުއްދަތުގެ ތެރޭގައި ރިޕޯޓްކުރު ބައްކަމުގެ އަދަދު ހުރީ 147 ގައެވެ. މީ މދިޔަ ފެބްރުއަރީ މަހު އެއްކޮށް ވައްކަން ހުށައެޅުނު އަދަދާއި ގާތްކުުރާ އަދަދެކެވެ. މި ދިޔަ ފެބުއަރީމަހު ހުށައެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދަކީ 196 އެކެވެ.  

މިމަހުގެ ފުރަތަމަ ދިހައެއްގެ އެންމެ ގިނައިން ފުލުހުނަށް ހުށައަޅާފައިވަމނީ މަގުމަތތީ އެކްސިޑެންޓްތަކުގެ މައްސަލެެއެވެ. އެގޮތުން އެ މުއްްދަތުގައި 153 އެކްސިޑެންޓެއްގެ މައްސަލަ ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ރޯދައިގެ ފުރަތަމަ ދިހަ ދުވަހު މަސްތުވާތަކެތީގެ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ 110 މައްސަލައެއް ވަނީ ފުލުހުންނަށް ހުށައެޅިފައެވެ. މުޅި ފެބްރުއަރީ މަހުގެ ހިސާބުތަކަށ ބަލާއިރު އެމަހު ހުށަައެޅުނު މަސްތުވާތަކެތީގެ މައްސަަލައިގެ އަދަދަކީ 119 އެވެ. 

މީހުންނަށް ބިރު ދެއްކުުގެ މައްސަލަތައްވެސް ރޯދައިގެ ފުރަތަމަ ދިހައެއްގައި ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އެގޮތުން ބިރު ދެއްކުމުގެ 38 މައްސަލައެއް ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް