
އަޅުގަނޑުމެން ގުނަން މި ފެށީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. މުޅި އަހަރުގައިވެސް އަންނާނެ އެންމެ މާތް ރޭތަކެވެ. އާދެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. މާތް ވެގެންވާ ލައިލަތުލް ޤަދްރި ވިލޭރޭ ވަނީ މިއިން ރެއެއްގައެވެ.
އާއިޝާ ރަޟިޔަ ﷲ އަންހާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ރޯދަ މަހުގެ ފަހުދިހަ އައުމުން އެރޭތައް އިހްޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިން ހޭލައްވައެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްއޫލުވެލައްވައެވެ. އަދި ކަމަރު ބަދެލައްވައެވެ.
1000 މަހަކީ 83 އަހަރަށް ވުރެ ދިގު މުއްދަތަކެވެ. އަހަރުންމެން ތެރެއިން މީހެއްގެ އުމުރަށްވުރެވެސް ދިގެވެ. އާއްމުކޮށް 83 އަހަރު ފުރެންދެން ދުނިޔޭގައި ހުރުމަކީ ވަރަށް ދުރު އަދި މަދު މީހަކު ނުނީ އެ މުއްދަތަށް ދުނިޔޭގައި ނުހުރެވެ. އެހެން ނަމަވެސް ﷲ ސުބްހާނަހޫ ވަތައާލާގެ ރަޙްމަތްފުޅު 83 އަހަރަށް ވުރެ ގިނަދުވަހު ހެޔޮ ކަންކަން ކުރުމުގެ ފުރުސަތު އެންމެ ރެއަކުން އަޅަމެންނަށް ދެއްވާފައެވެ. އެކަލާންގެ އެވަނީ އެރޭ ހޯދި މީހަކަށް ސަވާބާއި ދަރުމަ ދެއްވާނެކަން އަންގަވާފައެވެ. އެހެންކަމުން އެރީ ހޯދަން ހިތްވަރާއި ޖޯޝާއި އެކު މަސައްކަތް ނުކުރަންވީ ސަބަބެއް އެބައޮތް ހެއްޔެވެ.
އަޅުކަންކުރުމުގައި އިހުނަށްވުރެ ގަދައަޅައި މަސައްކަތްކުރުން
އިއުތިކާފް:
ތިމާގެ ހަޔާތް މިހާތަނަށް ވޭތުކުރެވުނު ގޮތްތަކާއި މެދު ވިސްނާލަން މީ އެންމެ ރަނގަޅު 10 ރެއެވެ. ތިމާގެ އަމަލުތަކާއި މެދު ވިސްނާ ފިކުރުކޮށް ފާފަތައް ފުއްސެވުން އެދި ދުއާކުރާށެވެ. ރަނގަޅު މުސްލިމެއްގެ ގޮތުގައި މި ދުނިޔޭ ދުކުރުމަށް މަސައްކަތް ކުރަންވީ ވަގުތަކީ މިއެވެ. ހަމަ އެހެންމެ އަމިއްލަ ފާފަތައް ފުއްސެވުން އެދޭ ހާލު އެހެން މީހުންނަށް ތިމާވެސް އެހެން މީހުންނަށް މާފުކުރާށެވެ.
ކޮން ދުއާއެއް ކުރާނީ
ލައިލަތުލް ގަދުރި ވިލރޭ ކުރަން އަަހަރުންމެން މުސްލިމުންނަށް އަހަރެންމެން މާތް ނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައިހި ވައްސަލަމް އެންމެ ހާއްސަކުރެވި ދުއާއަކީ މިއެވެ.
اللَّهُمَّ إِنَّكَ عَفُوٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي
މާނައީ: އޭ ﷲ އެވެ! އިބަ ﷲ އީ ގިނަގިނައިން އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މި އަޅާއަށް އަފޫކޮށްދެއްވާނދޭއެވެ.
މައުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން