ads
ސީއެންއެމް ބަދިގެ: މެންގޯ ސާގޯ
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "މެންގޯ ސާގޯ" ތައްޔާރުކުރާނެ ފަސޭހަ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

½ ޖޯޑް ސާގް (ނުކައްކާ ހުރި)

3/1 ޖޯޑު ކާށި ކިރު

¼ ޖޯޑު ގެރިކިރު

2 މޭޒުމަތީ ސަމުސާ ހަކުރު

5 ޖޯޑު ފެން

1 އަނބު (ބޮޑު)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ދޮން އަނބު މެދުން ފަޅިކޮށްލާށެވެ. ދެން އޭގެ އެއް ބައި ބޮޑުކޮށް ކޮށާލާފައި އަނެއް ބައި ކުދިކޮށް ގޮޅިކޮށް ކޮށާލާށެވެ.

ދެން ބޮޑުކޮށް ކޮށާލި ބައި މިކްސަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. އަދި ކުދިކޮށް ކޮށާލި ބައި ފަހުން ބޭނުންކުރުމަށް އެއްކައިރިއެއްގައި ބަހައްޓާށެވެ.

ދެން އަނބުކޮޅު ގިރާލި މިކްސަރުގެ ތެރެއަށްކާށި ކިރު ކޮޅު، ގެރި ކިރު، އަދި ހަކުރު އަޅާލާފަ ބުލެންޑް ކޮށްލާށެވެ.

ދެންމެ ބުނެލި ހުރިހާ އެއްޗެއް އެއްވެ، އޮމާން ވަންދެން ރަނގަޅަށް ގިރާލާށެވެ. އަދި ވަކިން ބަހައްޓާށެވެ.

ދެން ބޮޑު ތެއްޔަކަށް 5 ޖޯޑު ފެން އަޅާލުމަށް ފަހު ގަދަގިނީގައި (ބޮކި އަރަންދެން) ކައްކާލާށެވެ.

ފެންގަނޑު ބޮކި އަރާ ކެކެން ފެށުމުން، ސާގު ކޮޅު އޭގެ ތެރެއަށް އަޅާލުމަށް ފަހު ސާގުގައި ކުލަ ނުހުންނަ ވަރު ވަންދެން ކައްކާލާށެވެ. ސާގުތައް ތަތްލިޔަ ނުދިނުމަށްޓަކައި ދޭތެރެއަކުން ހަލުވާލަން ވާނެ އެވެ.

މިގޮތަށް ހަދާ ސާގު ކޮޅު ކައްކާ ނިމުމުން، ސާގުކޮޅު ފުރާނާލާށެވެ. އަދި ފުރޭންޏަކަށް އެޅުމަށް ފަހު އިސްކުރު ދަށުގައި ބަހައްޓައިގެން ސާގުކޮޅު ރަނގަޅަށް ފެނުންދޮވެލާށެވެ.

ދެން ކައްކާލި ސާގާއި ގިރާލި އަނބާއި ކިރު ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ. އަދި ސަމުސަލެއް ބޭނުންކޮށްގެން ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ.

އަދި ކުދި ތަށިތަކަށް އަޅާލުމަށް ފަހު އޭގެ މަތީގައި ކުރިން ކުދިކޮށް ގޮޅިކޮށް ކޮށާލި އަނބު ކޮޅު ކޮންމެ ތަށްޓަކަށް ވަކިން މައްޗަށް އަޅާލާށެވެ.

މިހާރު މިހުރީ މެންގޯ ސާގޯ ހަދާ ނިމިފައެވެ. މެންގޯ ސާގޯ އެންމެ މީރުވާނީ ކުޑަކޮށް ފިނިކޮށްލައިގެންނެވެ. އެހެންކަމުން ކެއުމުގެ ކުރިން އައިސްއަލަމާރިއަށް ލާ ފިނިކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް