ads
ދިރާގުޕޭ އެޕް: ދިރާގުޕޭ މެދުވެރިކޮށް މިހާރު ފިތުރު ޒަކާތް ފަސޭހަކަމާއެކު ދެއްކޭނެކަމަށް އެ ކުންފުނިން ބުނެފި -- ފޮޓޯ/ ދިރާގު
ދިރާގުޕޭ އެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭ ގޮތް ހަދައިފި
މި ރޯދަ މަހު ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފިއެވެ.
Advertisement

މި ގޮތުން ދިރާގުޕޭ އެޕް ޑައުންލޯޑް ކުރުމަށްފަހު ހޯމް ސްކްރީންގައިވާ "ޑޮނޭޝަންސް" ގެ ދަށުގައިވާ "ފިތުރު ޒަކާތް" ނެގުމަށްފަހު ފަސޭހަކަމާއެކު ފިތުރު ޒަކާތް ދައްކާލެވޭނެ އެވެ.

ދިރާގުޕޭގެ އިތުރުން ދިރާގުއެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން *454# އަށް ޑަޔަލްކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރޯދަ މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ރޯދަ މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް، އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތީ، މި ރޯދަ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފްކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް