ads
ކުރިން ބަލާ ފާސްކުރު ތަނެއްގައި އިމިގްރޭޝަން މުވައްޒަފުން ހަރަކާތްތަރި ވަމުންދަނީ - ފައިލް ފޮޓޯ
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީން އަތުން ފައިސާ ނެގި މައްސަލައެއް
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ފުލުހުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން އާންމުކުރި ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިސާ ނަގަމުންދާ ކަމަށް މައުލޫމާތު ލިބިގެން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލާގެ ތަހުގީގަށް މިރޭ ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ފައިސާ ނެގިކަމަށް ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވެސް ވަނީ މިއަދު މަގާމުން ކުއްލިގޮތަކަށް ދުރުކޮށްފަ އެވެ. 

އޭނާ އެ މަގާމުން ވަކިކުރިކަން ކަށަވަރުވެފައިވީ ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް މިކަމާ ގުޅޭ އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ ފުޅާކޮށް ހިންގާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމާއި އަދި ގަވާއިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެ އިން ޑީޕޯޓް ކޮށްފަ އެވެ.

ރާއްޖެއިން ބޭރުކުރެވޭ ބައެއް ބިދޭންސީން އަލުން ރާއްޖެ އެތެރެވުމަށް އަދި ބައެއް ބިދޭސީންގެ ވިސާގެ މައްސަލަތަކުގައި އިމިގްރޭޝަންގެ އިސްވެރިން ފައިސާ ނަގާ ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން އެ އިމިގްރޭޝަން އަދި ސަރުކާރުން ވެސް އޭރު ބަހެއް ނުބުނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް