ads
އައިޖީއެމްއެޗް. މިދިޔަ އަަހަރު ރާއްޖެއިން 148 މީހަކަށް ޓީބީ ޖެހުނު
މިިދިޔަ އަހަރު ރާއްޖެއިން 148 މީހަކަށް ޓީބީ ޖެހުނު
މިިދިޔަ އަހަރު ރާއްޖެއިން 148 މީހަކަށް ޓީބީ ޖެހުނުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

ދުނިޔޭގެ ޓީބީ ދުވަހާއ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރު ޓީބީ ބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 1.2 މިލިއަނަށް އަރާކަމަށެވެ. އަދި އެ އަހަރު ދުނިޭގައި ޓީބީ ޖެހުނު މީޙުންގެ އަދަދު 10.8 މިލިއަނަށް އަރާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 6 މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުންނާއި 1.3 މިލިއަން ކުޑަކުދިންކަމަށެވެ. 

ރާއްޖޭގެ ޓީބީ ހަލާތާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ މިދިޔަ 2024 ވަނަ އަހަރު ރާއްޖެއިން 148 މީހަކަށް ޓީބީ ޖެހިފައިވާކަަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެޗްޕީއޭގެ ބަޔާނަކު ނުވެއެވެ. 

ދުނިޔޭގެ ޓީބީގެ ހާލަތަށް ބަލާ ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތް އެސެމްބަލީގައި މި ބަލި މަދުުކުރުމަށް "އެންޑް ޓީބީ" ގެ ނަމުގައި ސްޓްރެޓެޖީއެއް ކަނށައަޅާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސްޓްރެޓަޖީގެ ދަށުން ރާޢްޖެއިން 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއިން ޓީބީ ބަލި އާއްމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދުކުރެވިފައިވާ ގައުމެއްކަމުގައި ކަނޑައެލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

މިގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާކަމަށް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ކުރުމަށް އަމާޒުކޮށް 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ މަސައްކަތަށް ބޭނުންވާ ގައިޑްލައިންތައް މިހާރު ތައްޔާރުކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް