ads
ސިއްރު - 50 ވަނަ ބައި
އެޕިސޯޑް 50
Advertisement

އިއްޔެގެ އަދަދު

އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކައިވެނިކުރީ މީގެ ދެތިންދުވަސް ކުރީންނެވެ. މިއަދާއި މިރޭ ކުރިއަށް މިދަނީ އަހަރެންގެ ދެ މުވައްޒަފުންގެ ކައިވެނީގެ ރަސްމިއްޔާތެވެ. އެއް ޕާޓީ ހަވީރު ނިމިއްޖެ އެވެ. ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ވަރަށް ގާތް ދެ ވިޔަފާރިވެރިންގެ އިތުރު ދެ ކައިވެނީގެ ދައުވަތު އެބައޮތެވެ. 

މިރޭގެ ދެ ކައިވެނީގެ ހަގީގީ މަންޒަރު އަހަރެންގެ ކުރިމަތީގައި ނިއުޅެލި އެވެ. 

އެކަކުގެ މޫނުމަތީން ފެނުނީ މާޔޫސްކަމެވެ. އަނެކަކު ކައިވެނިކުރީ އިޖްތިމާއީ ލަދުވެތިކަމަކުން ސަލާމަތްވާށެވެ.

އަހަރެންގެ ނިއްކުރީގެ ރޫތައް އިތުރުވަމުންދިޔަކަން އިހްސާސްވެ އެވެ.

ކަރުގައި އަޅާފައި އޮތް ޓައި ނެގީމެވެ. ޓައީ ޖީބަށް ލުމަށްފަހު ލައިގެން ހުރި ހުދު ގަމީހުގެ އެންމެ މަތީ ދެ ގޮށް ނައްޓުވާލީމެވެ. ނޭވާލާން ފަސޭހަ ނުވީތީ އެވެ. ހާސްކަމުގައި ނިއްކުރިއާއި އަތްފައިން ދާހިއްލަން ފަށައިފި އެވެ.

ކާމިލްގެ އަތުގައި ހިފައިގެން ހުރި ގައިސަރް ފެނުނީ އެވަގުތު އެވެ. މިއީ އެމީހުންގެ ކައިވެނީގެ ބަހާރު މޫސުމެވެ. ދެމީހުންގެ މޫނުމަތީން ހިނިތުންވުމާއި އަމާންކަން ފެންނަ ހަމައެކަނި ސަބަބަކީ އެއީކަމަށް ނޫނީ ނުވާނެ އެވެ. ދެތިން މަސް ތެރޭގައި އާންމު އުސޫލުން ދެމީހުންގެ 'ފައިޓް' އޮންނާނީ ފެށިފަ އެވެ. 

ޕާޓީގެ ތެރޭގައި މާގިނައިރު ހުންނާކަށް ބޭނުމެއް ނުވި އެވެ. ކާމިލްއާއި ގައިސަރްއާއި ސަލާމް ކުރުމަށްފަހު އަހަރެން މިސްރާބުޖެހީ އެހެން ދިމާއަކަށެވެ. 

ޕާކްތެރެއިން  ނިކުންނަ ހިޔާލެއް ނައީތީ ވިސްނާލަންވެސް ޖެހުނެވެ. ނަމަވެސް ފަރުވާލެއް ނުބަހައްޓާއި މިސްރާބު ބަދަލުކުރީމެވެ. ލޮނުޒިޔާރަތް ޕާކަށް މި ނޫނީ އަހަރެން ނާންނަމެވެ. ތަނުގެ ހިތްގައިމުކަމާއި އެތަން އެގޮތުގައި ދަމަހައްޓަން ކުރާ މަސައްކަތަށް ހިތުގެ އެންމެ އަޑިން ޝުކުރުވެރިވީމެވެ. ކޮންމެ ބަޔަކު ކުރިޔަސް އެއީ ވަރަށް ރަގަޅަށް ކޮށްފައި އޮތްކަމެއްކަން ގަބޫލުކުރެވުނީ އަހަރެންގެ ނުތަނަވަސްވެފައި އޮތް ހިތް މި މާހައުލުގެ ސަބަބުން މައިތިރިވެ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީތީ އެވެ.

އެންމެ ގާތުގައި އޮތް ހިތްގައިމު ސިނަމާލެ ބްރިޖް ފެންނަ ހިސާބަށް ޖެހިލީމެވެ. މަންޒަރަށް ބަލަމުން، ހިތްގައިމު ޕާކުގެ މާ ގަސްތަކުގެ ތެރެއިން އަހަރެން މިސްރާބުޖެހީ ތޮށިގަނޑާއި ދިމާއަށެވެ. އެއީ ހިތްގައިމު މަންޒިލެކެވެ. ގުދުރަތީ ވައިގެ ތެރޭގައި ހަށިފުރައި ނޭވާއެއް ލީމެވެ. ހުވަފެނީ ގޮތަކަށް ހިނގާލާފައި އަންނާތީ  ފެނުނީ އަހަރެންގެ ރިދީ އެވެ. 

ބަރގަންޑީ ރަތްކުލައިގެ މެކްސީއެއްގައި ރިދީގެ ފުރިހަމަކަމަށް ކުރާނެ ތައުރީފެއް އަހަރެންގެ ދުލަކަށް ނައި އެވެ. ފުރިހަމަކަމާއި ހިތްގައިމުކަމުގެ ދިރިހުރި މިސާލެކެވެ. މާ ޝާ ﷲ، ގުދުރަތުގެ ފުރިހަމަކަމާ އެވެ! އަހަރެންގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލަން ހިތަށްވެސް ނޭރި އެވެ. ކަންފަތުގައި ލައްވާފައި އިން އެއްޗާއި ސީދާ ދިމާވެފައިވަނީ ތަރިތަކުގެ ބެބުޅުމެވެ. ހިތް އުފަލުން ނަށާލި އެވެ. މިހާ ގާތުގައި އަހަރެން ހުރިކަންވެސް ރިދީއަށް ނޭގެ އެވެ. ބްރިޖްގެ ހަރަކާތްތަކާއި، ކުރިމަތީން ފެންނަ ކަނޑުގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކުގެ ހަރަކާތްތައް ރިދީގެ ސަމާލުކަން ހޯދާފައިވާތީ އަހަރެންގެ ހިތުގައި ހަސަދައިގެ ވިންދެއްވެސް ޖަހައިލި އެވެ. 

އެކަމަކު ކުރިމަތީގައި ހުރީ އަހަރެންގެ 'ޕްރިންސެސް' އެވެ! ހަމައެކަނި އަހަރެންގެ ރިދީ އެވެ!

ކަރުކެހެލީމެވެ. އަޑުއިވޭނެކަން ޔަގީންވާތީ އެވެ. ފަސްއެނބުރުނީ ހައިރާންވެފަ އެވެ. ނަމަވެސް އަހަރެން ފެނުމާއެކު އެ ލޯބި މޫނުގެ އުޖާލާކަން ހިނިތުންވުމަކަށް ބަދަލުކޮށް، އަހަންނަށް މަރުހަބާ ކިޔައިފި އެވެ.

މަޑުމަޑުން ހިނގާލާފައި އައިސް އަހަރެންގެ އަތުގައި ހިފާލި އެވެ. އަހަރެންގެ ހާސްކަން އެއްފަރާތްކޮށްފައި ރިދީގެ މޫނަށް ބަލައިލީމެވެ. ބޭރުވަމުންދިޔަ ނޭވާ މަޑުޖެހުނެވެ. ލޯބިލޯބި ދެލޮލުގައި ނުތަނަވަސްކަމެއް ވި އެވެ. ނިއްކުރީގައި ރޫ އެބަހުއްޓެވެ. ރިދީގެ ހިތާމައަކީ ކޮބައިކަން ނޭގުނަސް، މިވަގުތު ކޮންމެވެސް ނުތަނަވަސްކަމަކުން ރިދީގެ އަމާންކަންވަނީ ގެއްލިފަ އެވެ. 

"ހައި އީތަން..!" އެއް އަރިޔަކަށް އަހަރެން ގައިގައި ބައްދާލާފައި ރިދީ ގޮވާލި އެވެ. 

ދެ އަހަރެއްހައި ދުވަސްފަހުން، ރިދީގެ މިފަދަ ގާތްވުންތަކާއި އެ އަތުގެ ބީހިލުންތައް މިހައި ހިތްގައިމުވެދާނެކަން އަހަންނަށް ހީކުރެވިފައެއް ނެތެވެ. ދެ އަހަރު ދުވަތަ ދޮޅު އަހަރުގެ ދުރުކަމަކީ މިހައި ހާއްސަ އިހްސާސެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ، މިއަށްވުރެން އަގުހުރި އެހެން އިހްސާސެއް ނެތީ އެވެ.

"ވަޓް ހެޕަންޑް، ހޫމްމމ؟" ވަޔާއެކު މޫނުމައްޗަށް ހުރަސްއެޅެމުންދިޔަ އިސްތަށިތައް އެއްފަރާތްކޮށް، ކަންފަތް ކައިރިއަށް ލައްވާލަމުން ސުވާލުކޮށްލީމެވެ. 

ރިދީގެ ފަށުވި އިސްތަށިގަނޑު އޭނާގެ ކަނދުރާ މައްޗަށް ވިހުރުވާލާފައި އޮންނައިރު އަހަންނަށް ވަރަށް ހިތްގައިމެވެ. ރިދީގެ އިސްތަށިގަނޑާއި އިސްތަށިގަނޑުގެ ހިތްގައިމު ވަހަކީ އަހަންނަށް  މަސްތީ އަރާމެކެވެ. އުނގަނޑާއި ހަމައަށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑަށް އަހަރެން ބަލައިލީމެވެ. ސެލޫންއަކަށް ރިދީ ދިއަޔަސް، ރިދީގެ ބޯ ކޮށުމުގެ ހުއްދައެއް އަހަރެން ނުދޭނަމެވެ. ރިދީގެ ބޮލުން އިސްތައްޓެއް ބުރިކޮށްފި ކޮންމެ މީހެއްގެ ބޯ އަހަރެން ބާލާނަމެވެ. 

ހިނިތުންވެވުނެވެ. ސަބަބެއް ނެތެވެ. ރިދީގެ ފުރިހަމަކަށްޓަކައި މާ ޝާ ﷲ އެވެ.

"އުމްމމ... މިހައި ރީތި ހެދުމެއް ލައިގެން ހުރީމައިވެސް ތައުރީފެއް ނުކުރީމެއްނުން..!" ތުންކޮޅު އޫކޮށްލާފައި ރިދީ ބުންޏެވެ.

އަހަރެންގެ ހިނިގަނޑު ކޮންޓްރޯލެއް ނުވި އެވެ. އަހަރެންގެ ސުވާލަށް ރިދީ އެ ދިން ޖަވާބަކީ ދިމާއިދިކޮޅަށް ކަނޑައެޅިގެން އޮޅުވާލުމެއްކަން ކަށަވަރެވެ. އެކަމަކު މިވަގުތު އެކަމަށް މަޝްވަރާކުރާކަށް ބޭނުމެއް ނޫނެވެ. ރިދީގެ މައްސަލައަކީ ނުވަތަ ރިދީއަށް ނުތަނަވަސްކަން ގެނުވަމުންދިޔަ ކަންކަމަކީ ކޮބައިކަން ރިދީ އަމިއްލައަށް ބޭނުންވެގެން ބުނާނެ ވަގުތަކަށް އަހަރެން އިންތިޒާރުކުރާނަމެވެ. 

"އޯވވވވ... ތައުރީފް! ރެއާއި ދުވާލުން ކިތައްފަހަރު ރިދީއަށް އަހަރެން ތައުރީފްކުރާކަން އަންދާޒާކުރެވޭތަ؟ އަހަންނަށްޓަކައި ރިދީއަކީ މި ދުނިޔޭގައި ލެއްވި އެންމެ ރީތި، އެންމެ ފުރިހަމަ އަންހެންކުއްޖާ! ރިދީގެ ހެދުންތައް، ނުވަތަ ހެދުންތަކުގެ ކޮލިޓީއާއި ކުލައެއް މުހިއްމެއް ނޫން.. ކޮންމެ ބްރޭންޑެއްގެ ހެދުމެއް ލިޔަސް އެއިގެ ރީތިކަމާއި ފުރިހަމަކަށް އެ ހެދުމަކަށް ލިބެނީ އެއީ ރިދީ ލައިގެން ހުރި ހެދުންކަމަށްވާތީ.." އަހަރެންގެ ހިތުގައި އޮތްގޮތަށް ބުނީމެވެ.

ކުރިން ހުރި ނުތަނަވަސްކަން ފިލައިގޮސް ރިދީގެ ދެ ލޯ ބަބުޅާލި އެވެ. ނިއްކުރީގައިވަނީ ތަނަވަސްކަމެވެ. ހިނިތުންވުން ލޮލާއި ހަމައަށް ދަތުރުކޮށްފި އެވެ.

"ތޭންކް ޔޫ! އީތަންވެސް ވަރަށް ފުރިހަމަ.. ވަރަށް ހޫމް.. އޫމް... އޯ-ކޭ-އޯ-ކޭ..!" ދެއަތުން އިޝާރާތް ދައްކާލާފައި ރިދީ ސަމާސާކޮށްލީމެވެ.

"އޯކޭ، އޯކޭ..؟ މާނައަކީ ހޮޓް؟" ސަމާސާ މިޒާޖުގައި އަހަރެން ސުވާލުކޮށްލީމެވެ. 

ހަމަ އެވަގުތު ރިދީގެ ތުންކޮޅު އޫ ކޮށްލި އެވެ. ލޯބި ކަމާ އެވެ! ހިއްސުތައް މައިތިރިކުރާނީ ކިހިނެއް ހެއްޔެވެ؟

"އެހެންވެ ދޯ އެތާގައި އުޅުނު ހުރިހައި އަންހެންކުދިން އެހައިވަރަށް އެ ބެލީ..!!" ރިދީ އާއި ސަމާސާކުރުމުގެ ގަސްތުގައި އަހަރެން ވާހަކަ ދިގުދަންމާލީމެވެ.

ރިދީގެ ދެ ލޯ ބޮޑުކޮށްލާފައި އެއްފަރާތަކަށް ބަލައިލުމުން އަހަރެންގެ ސަމާލުކަން އެދިމާލަށް އަނބުރާލީމެވެ. އަންހެންކުދިންގެ ގްރޫޕަކުން އަހަންނާއި ދިމާއަށް ބަލާފައި ކޮންމެވެސް ވާހަކައެއް ދައްކަނީ އެވެ. އެކުދިންގެ ހަރަކާތްތައް ހުރިގޮތުން އެދައްކާ ވާހަކައަކާއިމެދު އުފައްދާނެ ސުވާލެއް ނެތެވެ. ބިރުން ހިންދިރުވާލާފައި ރިދީއަށް ބަލައިލީމެވެ. ދެ ލޯ އަޅާލައިގެން އުނަގަނޑުގައި އަތްވިއްދައިގެން ހުރީ ދެންމެ ދެންމެ ހަމަލާއެއް ދީފާނެފަދަ ގޮތަކަށެވެ. 

ހަދާނެ އިތުރު ގޮތެއް ނުވިސްނުމުން ރިދީގެ ކަނދުރާއަށް އަތް ލައްވާފައި ގެނެސް، އަހަންނާއި ގާތްކޮށްލާފައި ބައްދާލީމެވެ. އަހަރެންގެ މޭގައި ރިދީގެ މޫނު ޖައްސައި ލޯބި ކޮށްލި އެވެ. ހަމަ އެވަގުތުގައި އެކުދިންނާއި ދިމާއަށް ބަލާފައި ކާމިޔާބުގެ ހިނިތުންވުމަކުން، އެކުދިންނަށް ރިދީ ޖަވާބުދީފި އެވެ.

އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުގޮސް، މައިތިރިކުރާން މަޖުބޫރުވި އެވެ. އަތުތެރޭގައި ހުރީ އާދައިގެ 'އަންހެން ކުއްޖެއް ނޫނެވެ. އޭނާގެ ހައްގުގެ ދިފާއުގައި ކޮންމެކަމެއްވެސް ކޮށްފާނެ އެވެ.!'

ރިދީގެ މި މިޒާޖު މީގެކުރިން ދުވަހަކުވެސް ނުދެކެމެވެ. ބަލައިލުމަކުން މީހެއްގެ ފުރާނަ ދުއްވާލާނެނަމަ އެއްފަހަރާ އެ ފަސްކުދިންގެ ފުރާނަ ރިދީ ދުއްވާލީސްކަން ޔަގީނެވެ. އަހަރެންގެ ޖެލަސް ޕްރިންސެސްގެ މޫނު ރަތްވެފައިވާތީ ކޮލުގައި ހިފާލަން ބޭނުންވި އެވެ. ހީންލަމުން، މޫނުގެ ދެފަރާތުގައި ހިފަހަށްޓާލަން އުޅުނުވަގުތު އަހަރެންގެ އަތުގައި އިފައި ދަމައިގަނެގެން އެތަނުން ދުރަށް ގެނންގޮސްފި އެވެ. އެކަމަކު މީގައި އަހަރެންގެ އޮތީ ކޮންކުށެއްބާ އެވެ؟

"އަހަރެންނާއެކު އާދޭ.." އަތުގައި ހިފައި ދަމަމުން ރުޅިއައިސް ރަތްވެގެން ކުރިއަށް ގެންގޮސްފި އެވެ.

އެކުދިންނާއި ދުރަށް ގެންދެވުމުން އަހަރެންގެ އަތުން ދޫކޮށްލި އެވެ. އަދި ހަށަމަށް އަތް ލައިގެން އަނެއް ފަރާތަށް އެނބުރިއްޖެ އެވެ. ރުޅިގަދަވެގެން ދެ ކޯ ފުށްޕާލާފައި ހުންނައިރު ރިދީ ވަރަށް ލޯތްބެވެ. 

"އީތަން މުހައްމަދު މަނިކު ހަމަ ގަސްތުގައި އަންހެންކުދިންގެ ދޫމަތީގައި އުޅެންވެގެން ގަމީހުގެ އެންމެ މަތިނން ގޮށްތައް ނައްޓުވައިގެން މޭމަތި ދައްކައިގެން ތި ހުންނަނީ..! ތި ހޮޓް ބޮޑީ ކޮންމެހެން މިކަހަލަ ޕާޓީއެއްގައި ނުދެއްކިޔަސް، އަންހެންކުދިންނަށް ދައްކާނެ ފުރުސަތުލިބޭނެ..! ދާ ކޮންމެ ދިމާލަކުން، ދާ ކޮންމެ ތަނަކުން އީތަންގެ ފަހަތުން އަންހެންކުދިންގެ ކިޔު ނޯންނަންޏާއި ކަމުނުދަނީތަ؟ ވަރަށް މަޖާދޯ..! ވަރަށް ފޮނިވެފައި ދޯ ތިހުރީ؟" ރުޅިގަދަވެގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ރިދީއަށް ނޭގެ އެވެ. އަހަރެންގެ ހިނިގަނޑު މައިތިރިކުރީ ވަރަށް އުނދަގުލުންނެވެ. 

"ސޯ، ޔޫ ތިންކް ދެޓް މައި ބޮޑީ އިޒް ހޮޓ؟" ވަރަށް ކައިރިވެލާފައި ރިދީގެ ތުންފަތާއި ދިމާއަށް ގުދުވެ އަހަރެން ސުވާލުކުރީމެވެ.

ރިދީގެ މޫނު ރަތް ޓޮމާޓޯއެއްފަދަ އެވެ. ރުޅިއާއި، ބިރާއި ހަސަދައާއި ދެންވެސް އެއްކުރަމުންދިޔަ ހުރިހައި އިހްސާސަކުން ރިދީގެ މޫނު ރަތްވެ، ކަންފަތުން ހޫނު ނިކުންނަކަން ޔަގީނެވެ. 

ކަށަވަރުވީ ކަމަކީ، ހިތާއި ސިކުނޑީގައި މިހާރު އެއްޗެހި ކިޔަމުން އަހަރެން ގަތުލުކޮށް ނިންމާނެ ކަމެވެ. އެވަރަށް ހުރީ ރުޅިގަދަވެފަ އެވެ. މިރޭގެ ހަތަރެސްކަން ހަމަވީ އެވެ. އަމިއްލައަށް ޖެހިމަޅީގައި މިރޭ މިއޮތީ ބެދިފަ އެވެ. އެހުރިހައި އެއްޗެއް ގޮވީރުވެސް އަހަރެންގެ ސިކުނޑީގައި ހަރުލީ 'ހޮޓް' އެކަންޏެވެ. ބިރުން ހިންދިރުވާލީމެވެ.

"އީތަން... ޔޫ...! ޔޫ..!" ރުޅިގަދަވެގެން ދަތްކުނޑިވިކާފައި ކޮންމެވެސް އެއްޗެއް ބުނަން ރިދީ މަސައްކަތްކުރި އެވެ. އެކަމަކު ނުބުނެވުނެވެ. އަހަރެންގެ ލޮލުން އިޝާރާތްކޮށްލުމުން އަނެއްކާވެސް ވާހަކަދައްކާން މަސައްކަތްކުރި އެވެ.

"ބުނިން ދޯ ތިމަންނާ މިހުރީ ބަދަލުވެފައޭ... ތިއީތަ އައި ބަދަލަކީ..؟ ހަމަ މިހާރު  ބަދަލުކުރޭ!" އަހަރެންގެ މޫނަށް އިނގިލި ދިއްކޮށްފައި ރިދީ ބުންޏެވެ. އެބުނި އެއްޗެއް މާނަކުރާން ނޭގިގެން މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. ބަދަލުކުރަންވީ ކޯންޗެއް ބާ އެވެ؟ މިޒާޖު ބަދަލުކުރާން ސްވިޗެއް އިނދޭ ހެއްޔެވެ؟

"މިބުނީ، ތި ގޮށްތައް ހަމަމިވަގުތު ނާޅުވަންޏާ ގެއަށް ގޮސް، އެހެން އެއްޗެއް ލައިގެން، ތި އެއްޗެހި ބަދަލުކކޮށްގެން އަންނާށޭ.." ރުޅިގަދަވެގެން ފުފިފައިހުރެ ރިދީ ބުނެލީ ލޯބި ގޮތަކަށެވެ.

އެކަމަކު ޕާޓީގައި މިތާގައި ހުރެފައި ގެއަށްގޮސް އަހަރެން އެއްޗެހިބަދަލުކޮށްގެން އަލުން މިތަނަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކުރިމަތީގައި ފުފިފައި ހުރި ރުޅިބޮކި ފަޅައިގެން ދިޔަނުދީ، މައިތިރިކުރާނެ ގޮތެއް ވިސްނަން ޖެހިއްޖެ އެވެ.

"ހަމަ މިހާރު..!" އެއް އަތް އުނަގަނޑުގައި ވިއްދާލައި އަނެއް އަތުން ނިކުންނަންވީ ދިމާއަށް އިޝާރާތްކޮށްފައި ބުންޏެވެ.

ހިތަށް އެރި އެވެ. މޮންސްޓަރ ކިޔަނީ އަހަންނާއި ދިމާއަށެވެ. އެކަމަކު ކުރިމަތީގައި މިވަގުތު މިހުރީ 'މާ  ނުރައްކާ ޕްރިންސެސް' އެކެވެ.

"އޯކޭ!" މައުސޫމް ކުޑަކުއްޖަކު ފަދައިން އަހަރެން އެއްބަސްވީމެވެ. 

ދެން އިން ދެ ގޮށް، ތިން ގޮށްވެސް އަހަރެން ނައްޓުވައިލީމެވެ. އަހަރުމެންގެ ގާތުގައި އެތަނުގައި އެހެން އެއްވެސް މީހަކު ނެތުމުން ގަސްތުގައި ސަމާސާކޮށްލާން ބޭނުންވީ އެވެ.

"އީތަން!!!!" ނިކަން ބާރަށް ހަޅޭއްލަވައިގަތްފި އެވެ. ހަމަ އެވަގުތު ދެ ލޯ މަތީގައި އަތް އަޅައިފި އެވެ.

"ވަޓް ރިދީ..!" ރިދީގެ ކުރިމައްޗަށް ހުއްޓި، ނުވެސް ދެނަހުރިކަމަށް ހަދާފައި އަހަރެން އަހާލީމެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލި އެވެ.

"އައި- އައި- ހޭޓް ޔޫ މިސްޓަރ އީތަން!" އަހަރެންގެ މޭގައި ދެއަތުން ތަޅައިގަތެވެ.

"އޯ ޕްރިންސެސް- ޔޫ ޑޯންޓް!" ދެއަތުގައި ހިފާފައި އަހަރެން ޖަދަލުކުރީމެވެ.

ލުއްކިއެއް ޖަހާފައި ގެނެސް މޭގައި ތަތްކޮށްލީމެވެ. އިތުރުގޮތެއް ނެތުމުން، ގަދަ ހަދާފައިވެސް އަހަރެންގެ ޕްރިންސެސް މައިތިރިވެއްޖެ އެވެ. އަހަރެންގެ ހިތުގެ މިއުޒިކީ އަޑާއެކު މޭގައި ބޯ އަޅައިލީ ރިދީގެ އިހްތިޔާރުގައި ނޫންކަން ކަށަވަރެވެ. 

"އީތަން" ނިކުތީ އާހެކެވެ.

އަހަރެންގެ ނަމުން ގޮވާލީ ހުވަފެނީ ގޮތަކަށެވެ. ކަނދުރާއާއި ކަންފަތްކައިރީގައި އަހަރެން ލޯބި ކުރރީމެވެ. ރޭގަނޑުގެ އެ އަނދިރީގައި، އެތަނުގައި އެހެން މީހަކު ނެތެވެ! ރިދީގެ ދެފައިން ވާގިދޫވާކަން އެނގުމުން ކުރިއަށްވުރެން ބާރަށް އަހަރެންގެ ގައިގައި ތަތްކޮށްލީމެވެ.

އަހަރެންގެ ހިއްސުތައް މައިތިރިކުރުމުގައި ފެއިލްވެދާނެތީ ޖެހިލުންވި އެވެ. ކުރީގެ މޮންސްޓަރ މޯޑްއަށް ބަދަލުވާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ރިދީގެ މި އިހްސާސްގައި އަހަރެންގެ ހިއްސުތަކުގައި މަލަން އަޅާނީ ކިހިނެއް ހެއްޔެވެ؟

'ބޭޑް މޫވް ޕްރިންސެސް!'

"ޔެސް ޕްރިންސެސް" ވަރަށް ހިތްވަރުން ހަސްކީ އަޑަކުން  އަހަރެން ބުނީމެވެ. 

ރިދީގެ ކަންފަތު ފޫޅަށް ހަމަލާއެއް އަމާޒުނުކޮށް އަހަރެންގެ ތުންފަތް ކިޔަމަނެއް ނުވި އެވެ. އަހަރެންގެ އަތުގެ ތެރޭގައި ރިދީގެ ހަށިގަނޑު ތުރުތުރު އަޅަ އެވެ. އަހަރެންގެ ހަރަކާތްތަކުން ރިދީއަށް މިއަންނަ ޖަޒްބާތުތަކަކީ ބާރުގަދަ އިޝްގެއްގެ ލައްޒަތެކެވެ. މިއީ ހަމައެކަނި އަހަރުމެން ދެމީހުންގެ ހައްގެކެވެ. ދެމީހުންގެ ލޯތްބެވެ. ދެމީހުންގެ އިހްސާސެވެ.

ރިދީގެ ދެފައިގެ ބާރު މިފަދައިން ނައްތާލުމުގެ ހުނަރެއް އެހެން އެއްވެސް އިންސާނަކަށް ލިބިގެން ނުވެ އެވެ. މިއީ ހަމައެކަނި އަހަންނަށް ހާއްސަ ބާރެކެވެ. އިތުރު އެއްވެސް ފިރިހެނަކަށް ރިދީގެ މައްޗަށް ހައްގެއް ކަނޑަނޭޅޭނެ އެވެ. އިކާންއަކަސް، ކާމިލަކަސް އަހާންއަކަސް، ދެން ޖެހޭނީ ކުޅިބަލަން ތިބޭށެވެ. ރިދީއަކީ ހަމައެކަނި އަހަރެންގެ ހައްގެކެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް