ads
ގޮވާމުން ޒަކާތް ބަލައިގަންނަނީ.
ގޮވާމުން ޒަކާތް ބަލައިގަންނާނީ އިސްކަންދަރު ސްކޫލުގައި
މާދަމާއި ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނަ ކުރިން ނިންމައިވާ ތަނަށް މިހާރު ބަދަލު އައިސްފައިވާކަމަށެވެ. އެގޮތުން ކުރިން ގޮވާމުން ޒަކާތް ބަލައިގަތުން މަޖީދިއްޔާ ސްކޫލްގައި ކުރިޔަށް  ގެންދަން ނިންމި ނަމަވެސް މިހާރު ގޮވާމުން ޒަކާތް ބަލައިގަތުން ކުރިޔަށް ދާނީ އިސްކަންދަރު ސްކޫލުގައިކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ފެށިގެން، މިމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނަމުން ދާނެކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ޒަކާތް ބަލައިގަތުން ކުރިޔަށް ދާނީ މެންދުރު 13:00 ން 16:00 ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި އަހަރުތެރޭ ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ގޮތުގައި ބަލައިގަންނަ ތަކެތި

  •  އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

އަތޮޅުތެރޭގައި ގޮވާމުން ފިތުރުޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ކުރިޔަށް ދާނެކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ކައުންސިލްތަކުން ގޮވާމުން ފިރު ޒަކާތް ބަލައިގަނެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ވާނީ ހުއްދަދީފައިކަމަށް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް