ads
ރައީސް މުއިއްޒު އަދި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް
ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ގާބިލްކަން އިތުރުކޮށްފި: ވެމްކޯ އެމްޑީ
ތިލަފުށީގައި ކުނި މެނޭޖްކުރުމުން އައި ގޮތަށް ބަދަލުތައް ގެނެސް، ކުނި މެނޭޖްކުރުމުގެ ގާބިލްކަން މިހާރު އިތުރުކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިލަފުށީގައި ހިނގަމުންދާ ގްރޭޓާ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ މަސައްކަތްތައް ބެއްލެވުމަށް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ވެމްކޯގެ އެމްޑީ ވިދާޅުވީ، ގްރޭޓާ މާލޭ ސަރަހައްދުގެ އިތުރުން ނޮދަން އޭރިއާ ސަރަހައްދުތަކުންވެސް ކުނި ގެންނަނީ ތިލަފުށްޓަށް ކަމަށެވެ.

ވެމްކޯގެ އެމްޑީ ވިދާޅުވީ ކުރިން ތިލަފުށިން 8 ގަޑިއިރަށް ހިދުމަތް ފޯރުކޮށްދެމުންދިޔަނަމަ ވެސް މިހާރު 24 ގަޑިއިރަށް ހިދުމަތް ލިބިގެންދާނެ ކަމަށާއި އެދުވަހެއްގައި އަންނަ ބޯޓުތަކުން ހަމައެދުވަހު ކުނި ހުސްކުރެވިގެންދާނެ ކަމަށެވެ. އަދި ތިލަފުށީގެ ލޭންޑްފިލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިފައިވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް 3 އަހަރު ދުވަހު އެއްވެސް ދަތިކަމަކާނުލައި ކުނި މެނޭޖްކުރެވޭނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ އެހީގައި ތިމާވެށްޓާ ބެހޭ މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ 2.3 ބިލިޔަން ރުފިޔާގެ މަޝްރޫއެއްގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްދާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް