ads
އާމިރު ހާން އަދި ގައުރީ
25 އަހަރުގެ ރަހުމަތްތެރިކަން، ލޯބީގެ ގުޅުމަކަށް
ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ހާން ގައުރީ ސްޕްރެޓް ނަމަކަށް ކިޔާ އަންހެނަކާއެކު ލޯބީގެ ގުޅުމެއް އޮތްކަން ފާއިތުވި ދުވަސްތަކެއްގެ ތެރޭގައި ހާމަކޮށްފައިވެއެވެ.
Advertisement

އާމިރު ހާން ބުނިގޮތުގައި އޭނާއާއި ގައުރީއާ ދެމެދު 25 އަހަރު ކުރިން ރަހުމަތްތެރިކަމުގެ ގުޅުމެއް އޮތްނަމަވެސް، ގިނަ ދުވަސްތަކަކަށް އެ ދެމީހުން ތިބީ ދުރުގައެވެ. މިހާރު އެ ދެމީހުން 18 މަސް ދުވަސް ވަންދެން ޑޭޓް ކުރަމުން ދިޔަކަން އާމިރު ހާން ހާމަކޮށްފައިވެއެވެ.

އާމިރު ހާން އޭނާގެ އުފަންދުވަހުގެ ކުރިން ބޭއްވި ހަފްލާއެއްގައި ގައުރީ ސްޕްރެޓް މީޑިއާއަށް ތައާރަފުކޮށްދިނެވެ. 

އާމިރު ހާންގެ ދައްތަ ނިކަތު ހެގްޑޭ ވަނީ ގައުރީއަކީ ވަރަށް ރަނގަޅު ކުއްޖެއަށްކަމަށް ބުނެ، އެ ދެމީހުންގެ ގުޅުމަށް ތާއީދުކޮށްފައެވެ.

 

"އަހަރެމެން ވަރަށް އުފާވޭ އާމިރު އަދި ގައުރީއަށް، އެއީ އޭނާއަކީ ވަރަށް ރަނގަޅު އިންސާނެއް. އަހަރެމެން ބޭނުންވަނީ އެ ދެމީހުން އަބަދުވެސް އުފަލުގައި ތިބުން،" ނިކަތު ހެގްޑޭ ޓައިމްސް އެޕްލޯޑް ޓްރެންޑްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އާމިރު ހާން އޭނާގެ އާ ގުޅުން ހާމަކުރުމަށްފަހު، އޭނާގެ ކުރީގެ އަނބިން ކަމަށްވާ ރީނާ ދައްތާ އަދި ކިރަން ރާއޯއާއެކު އިރުފާން ޕަތާންގެ އުފަންދުވަހުގެ ޕާޓީއެއްގައި ފެނިފައިވެއެވެ. 

ގައުރީ ސްޕްރެޓްއަކީ ބެންގަލޫރުގެ މީހެއް ކަމަށާއި އޭނާގެ 6 އަހަރުގެ ދަރިއެއް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް