
ބިދޭސީންތަކެއް ދޫކޮށްލަން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި މާލޭގެ ގެއެއްގެ ބަލާ ފާސްކޮށް ތިން މީހުން ހައްޔަރުކޮށްފައިވާކަމަށް ރޭ ފުލުހުން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި އެއީ އިމިގްރޭޝަންގެ މުވައްޒަފުންނެވެ. އެހެންނަމަވެސް އެމީހުން ތަފްސީލުތަކެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާކަމަށެވެ. އެގޮތުން އެތަނުން އެކަކު ތި ދުވަހަށް ބަންދުކުރަން އަމުރުކުރި އިރު އަނެއް ދެމީހުން 10 ދުވަހުގެ މުއްދަތަށް ބަންދު ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދު މިރޭ ފުލުހަށް ހާޒިރުވުމާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ރޭ ވަރަށް ލަސްވެފައި ވަނިކޮށް ވަކިކުރުމަށް ފަހު، ސީދާ އޭނާއާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ފަހަރަށް މިރޭ ނެރުނު ބަޔާނުގައި ބުނީ، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.