
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ގްލޭސިއާ ޕްރިވެންޝަން" އެވެ. ރައީސް މުއިއްޒު ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއް ކަމަށެވެ.
ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. އަދި ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ރައީސް މުއިއްޒު އެމަނިކުފާނުގެ ޕޯސްޓްގައި ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަގުވާމީ ފަރާތްތަކަށްވެސް ފޮނުއްވާފައިވެއެވެ.