
ކަރަންޖޯހަރު ރާއްޖޭގައި
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމުގައި ކަރަންޖޯހަރު
އިމާދު އަލީ
22 މާރޗް 2025 - 20:03:00
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އަލަށް ރާއްޖެއަށް ޒިޔާރަތްކޮށް، އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވާކަހަލަ ފޮޓޯތަކެއް ޝާއިއުކޮށްފިއެވެ.
ކަރަން ޖޯހަރު އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ރާއްޖޭގެ މަންޒަރުތަކާއި އޭނާގެ ޗުއްޓީގެ ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.
ކަރަން ޖޯހަރު އޭނާގެ ޕޯސްޓްގައި "ސަން... ސީ... ސޮލޭސް... ރާއްޖެއަށް ކުރި އަހަރެންގެ ފުރަތަމަ ޒިޔާރަތް، މިއީ ހަމައެކަނި ބައެއް ކެންޑިޑް ޝޮޓްތައް" މިހެން ލިޔެފައިވެއެވެ.
ފޮޓޯތަކުގައި ކަރަން ޖޯހަރު ހުދު ހެދުމެއްގައި ފެންނަން ހުރެއެވެ. އޭނާ ލައިގެން ހުރީ ހުދު ގަމީހަކާއި ހުދު ލިނެން ފަޓުލޫނެކެވެ.
ހިންދީ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ކަރަން ޖޯހަރު ފަދަ ސެލެބްރިޓީއެއް ރާއްޖެއަށް ޒިޔާރަތްކޮށް، އޭނާގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ޕްރޮމޯޝަނެއް ލިބިގެންދާނެއެވެ. ކަރަން ޖޯހަރުގެ އިންސްޓަގްރާމް އެކައުންޓަށް 15 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އޭނާގެ ޕޯސްޓްތައް ބޮލީވުޑްގެ ގިނަ ފޭންސުންނަށް ފެންނާނެއެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް