ads
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް - ފޮޓޯ: އެމްޑީޕީ
50 އަހަރުކުރިން ހިލޭ ލިބުނު ފެނަށް މިހާރު ބޮޑު އަގެއް ދައްކަންޖެހޭ: މޭޔަރު އާޒިމް
50 އަހަރުކުރިން ދިވެހިން ބޭނުންކުރި ފެނަށް އަގެއް ދައްކަން ނުޖެހުނު ނަމަވެސް، މިހާރު ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭކަން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ހަނދާންކޮށްދެއްވައިފިއެވެ.
Advertisement

މޭޔަރު ޢާޒިމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކުރީގައި ދިވެހިން ޢާއްމުކޮށް ބޭނުންކުރަމުން އައީ ވަޅު ފެނާއި ވާރޭފެން ކަމަށާއި، އެއީ އަގެއް ދައްކަން ނުޖެހޭ ގޮތަށް ލިބެމުން އައި ފެން ކަމަށެވެ. ނަމަވެސް، މިއަދުގެ ހާލަތަށް ބަލާއިރު، ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ފެނަކީ މާތްﷲ ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް ކަމަށާއި ފެން އިސްރާފުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހަކީ އެ ދުވަހާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ. އަދި ކީރިތި ގުރުއާނުގައި ﷲ ވަހީކުރައްވާފައިވަނީ، "ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއެއް ހެއްދެވީ ފެނުންކަމުގައި" ކަމަށާއި، މި ބަސްފުޅަށް އެކަނި ވިސްނާލިޔަސް، ފެނުގެ މުހިއްމުކަން ވިސްނޭ ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.

ދުނިޔޭގައި ފެނުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް، މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. މި އަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދު ތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެނުގެ ދަތިކަން އިތުރުވަމުން އަންނައިރު، ފެން ރައްކާތެރިކޮށް ބޭނުންކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް