ads
ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ސެންޓަރު އެތެރޭ މުޒާހަރާ ކުރަނީ--
ތެލެސީމިއާ ސެންޓަރުގެ ވެރިން އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރަނީ
ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރަން ފަށައިފި އެވެ.
Advertisement

ތެލަސީމިއާ ސެންޓަރުގައި މުޒާހަރާ ކުރާ ބައިވެރިން އަންނަނީ، އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނެޓާ ފައިސަލް އިބްރާހީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް އައިމިނަތު ޝިރުނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މުޒާހަރާ ކުރަން ފެށީ ސެންޓަރުގެ މެނޭޖުމަންޓާ އެކު މިރޭ ބޭއްވި ބައްދަލުވުމަށްފަހު އެއްވެސް ކަމަކަށް ހައްލެއް ނުލިބުމުން ކަމަށް އެ ސަރައްދުގައި އަޑު އުފުލާ މީހުން އަންނަނީ ބުންޏެވެ. އަދި އެންމެ ބޮޑަށް ކަންބޮޑުން ފާޅުކުރި މީހުންނަށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދޭ ކަމަށް ވެސް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެ އެވެ. 

ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކުރަން ފަށައިފައި ވަނީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ އެވެ. ރަށްރަށުގައި ވެސް އެ މައްސަލަ އަންނަނީ މެދުވެރިވަމުންނެވެ.

އެ މައްސަލައިގައި، ލޭ އަޅާ ކުދިން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދެހަފްތާ މަސައްކަތް ކޮށްގެން ހޯދާ ލޭ އުކާލަން ޖެހިފައިވާ ކަމަށާއި، ބްލަޑް ސަރވިސްއަށް ލިބިފައި ހުރި ފިލްޓަރތަކުގައި މައްސަލަ އުޅޭ ކަމަށެވެ. އަދި މައްސަލަ އުޅޭކަން އެނގޭއިރު ވެސް މެނޭޖްމަންޓުން ތިބީ ބީރު ކަންފަތެއް ދީގެން ކަމަށެވެ. އެނގިގެން އެއްރޭ 5 ޕޭޝަންޓެއްގެ ފިލްޓަރ މައްސަލަ ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ކަންބޮޑުވުންފާޅު ކުރި އިތުރު ލޭ އަޅާ ޕޭޝަންޓެއް ބުނީ އެވްރެޖްކޮށް ރޯދަމަހު ކޮންމެ ރެއަކު 4 އާއި 5 އާއި ދެމެދުގެ އަދަދަކަށް ލޭ ޕެކް، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، އުކާލާފައި ވަނީ ފެންވަރު ދަށް ފިލްޓަރުތަކެއް ހުރުމުން ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރަށް އަސަރުކުރުމުގެ އިތުރުން މި މުއްދަތުގައި ލޭ ހަދިޔާކުރާ މީހުން ހޯދުމުގެ ގޮންޖެހުން އިތުރުވެގެންދާ ކަމަށެވެ.

މި މައްސަަލައިގައި ހެލްތު މިނިސްޓްރީންނާއި، އެމްބީއެސްއިން އަދި ރަސްމީ ބަހެއް ނުބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް