ads
ސަލާހުއްދީން މިސްކިތް 1979ގައި ފެންނަން ހުރި ގޮތް
އާ މިސްކިތް ބާވެގެން ރޫޅާލައި އަލަށް ބެހެއްޓި މިސްކިތް
މީ މިހާރު މާލޭގައި ހުރި މިސްކިތްތަކުން ޖާގައިގެ ގޮތުން ބޮޑު ގިނަ ބަޔަކަށް އެއްފަހަރާ ނަމާދަށް އެރޭ މިސްކިތެވެ.
Advertisement

މީ މާލޭގެ ބާ އިންޖީނުގޭ ކުރިން ހުރި ބިމުގެ އުތުރުުން އޮތް ބިމުގެ މިހާރު ފެންނަން އެހެރަ މިސްކިތެވެ. މިހާރު ފެންނަ އެހަރަ ނަމުން  އެތަނުގައި މިސްކިތެއް ބިނާކުރީ ކުރިން އެތަނުގައި ހުރި މިސްކިތް ރޫޅާލާ އުކާލުމަށްފަހު އެވެ. 

ކުރިން އެ ބިމުގައި ހުރި މިސްކިތަކީ ގަލޮޅު އާ މިސްކިތެވެ. އެހެންނަމަވެސް އެ މިސްކިތް ބާވެގެން އެ މިސްކިތް ބަހައްޓަން ދައުލަތަށް ނުފެންނާނީ ގަލޮޅު އާ މިސްކިތް ރޫޅާލާ ނެގީ 7 ޖެނުއަރީ 1968 ގައެވެ. 

މި މިސްކިތް ރޫޅާލި ބިމުގައި އައު މިސްކިތްތެއް އަލުން އެޅީ 16 ފެބްރުއަރީ 1968 ގައެވެ. އެ މިސްކިތަށް ނަން ދީފައިވަނީ މަސްޖިދުއް ސަލާހުއްދީން މި ނަމެވެ. 

your imageމިހާރު ސަލާހުއްދީން މިސްކިތް 

މިސްކިތުގެ ނަން ނިސްބަތްވެގެންވަނީ ރާއްޖޭގެ އުއްތަމަ ފަޑިޔާރު މަނިކުފާނަށެވެ. އެ މަނިކުފާނަކީ ބޮޑުގަލުގޭ މޫސާދީދީ އާއި ދަރަވަންދޫ ތުއްތު މަނިކެގެ ދަރިކަލެކެވެ. ފަޟީލަތުއް ޝައިހް ހުސެއިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރީ ގޮތުން 15 ޖުމާދުލްއާހިރާ 1298ގައެވެ. އެއީ މީލާދީން 11 މޭ 1881 ގައެވެ. 

ހުސެއިން ސަލާހުއްދީން ވަނީ ދެވަނަ ފަހަރަށް ފަނޑިޔާރުކަން ލިބިވަޑައިގަތީސުރެ 16 ޒުލްގައިދާ 1367 (20 ސެޕްޓެމްބަރު 1948 )  އިން ފެށިގެން ދެމިއޮތުމުގެ އާލަމަސް ދަތުރުކުރައްވަންދެން އެއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަނިކުފާނެވެ. 

ފަޟީލަތުއް ޝައިހް ހުސެއިން ސަލާހުއްދީން އަކީ ކުޅަދާނެ ޝާއިރެކެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވާފއިވާ މުސައްނިފެކެވެ. މަޖީދިއްޔާގެ ފުރަތަމަ ނާޒިރުވެސްމެއެވެ. އެމަނިކުފާނު އަވަހާރަވީ ސްރީލަންކާގައެވެ. 

your imageސަލާހުއްދީން މިސްކިތް

އުއްތަމަ ފަޑިޔާރު މަނިކުފާނު ހުސެއިން ސަލާހުއްދީންގެ ނަމަށް ނިސްބަތްކޮށް ވެރިރަށް މާލޭގައި އިމާރާތްކުރި މިސްކިތް ހުޅުވީ ހިޖުރައިން 1389 ވަނަ އަހަރުގެ ޝައުބާންމަހުގެ 15 ވަނަދުވަހު އެވެ. އެއީ މީލާދީން 27 އޮކްޓޫބަރު 1969 އެކެވެ. މި މިސްކިތް ހުޅުވާދެއްވީ އޭރުގެ އެޓާނީ ޖެނެރަލް އަލްއުސްތާޒު އިބްރާހިމް ޝިހާބެވެ. 

މި މިސްކިތް ބިނާކުރި ދުވަސްވަރު އެތަނުގައި ވަރަށް ބޮޑު ގަބުރުސްތާނެއް އޮތެވެ. އެތަނުގައި ހުރި ގައުތަކުގައި އެތަނުގައި ވަޅުލެވިފައިވާ މީހުންގެ ނަންތައް ލިޔެވިފައި ހުއްޓެވެ.

ނޯޓް: މައުލޫމާތު ނެގިފައިވަނީ މާލޭ މިސްކިތައް މި ފޮތުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް