ads
ފޮރިން މިނިސްޓްރީ
ޕާކިސްތާންގެ ގައުމީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން ފޮނުއްވައިފި
ޕާކިސްތާންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖެއިން ވަނީ އެ ޤައުމަށް ތަހުނިޔާ ފޮނުއްވައިފައެވެ. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ހަލީލް ވަނީ ޕާކިސްތާންގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުހައްމަދު އިޝާޤު ދާރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.
Advertisement

މިނިސްޓަރުގެ މެސެޖުގައި ވަނީ ޕާކިސްތާންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އިޙްތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ތަރައްގީއަށް ޕާކިސްތާނުން ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ފާޅުކުރައްވާފައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތެއް މިންވަރުކުރެއްވުމަށާއި، ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ކާމިޔާބީ ލިބިގެންދިޔުމަށް މިނިސްޓަރު ވަނީ ދުއާ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް