ads
ޑިވްލޮޕްމަންޓް ބޭންކް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއިއޯ / އެމްޑީ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އާއި މިނިސްޓަރު ސައީދު އަދި ރައީސް މުއިއްޒު - ރައީސް އޮފީސް
ޑިވްލޮޕްމަންޓް ބޭންކުެ އެމްޑީ ނޮއެލް އިސްތިއުފާދީފި
މޯލްޑިވްސް ޑިވްލޮޕްމަންޓް ބޭންކް މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
Advertisement

ރާއްޖޭގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް އިންވެސްޓް ކުރުމުގެ ކެޕޭސިޓީ އުފެދި ދުނިޔޭގެ މާލީ ސިނާއަތަށް ނުކުންނަ މަގުފަހި ކުރުމުގެ ގޮތުން އުފެއްދި މޯލްޑިވްސް ޑިވްލޮޕްމަންޓް ބޭންކް (އެމްޑީބީ) އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައެވެ. 

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓު 26ގައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި އޭނާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކިކޮށްފައިވާކަމަށް ޕީސީބީން ބުނެއެވެ. 

އެހެންނަމަވެސް އޭނާ އިސްތިއުފާ ހުށައެޅުއްވި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ. 

ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އެ ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ. މި ދެ ބޭފުޅުންނަކީވެސް ބައިނަލްއަގްވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް