ads
ސަލްމާން މިސްކިތުގައި ރޯދަ ވީއްލަން ދިޔަ މީހުން ކާތަކެއްޗަށް އަރައި ގަންނަނީ
ބަންގާޅުން އުޅުނު ގޮތުން މިނިސްޓަރުގެ ނުރުހުން ރޯދަވީއްލުން އިންތިޒާމުކުރި މީހުންނަށް
ރޯދަ ވީއްލަން ދިނުމަށް ސަލްމާން މިސްކިތް ގޯތިތެރޭ ބަހައްޓާފައި ހުރި ކާތަކެތީގެ ޕާރުސަލްތަކަކަށް ބިދޭސީންތަކެއް އަރައިގަތުމުން އެކަމުގެ ނުރުހުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ފަޅުކުރައްވައިފިއެވެ.
Advertisement

ރޯދަމަހު މިސްކިތްތަކުގައި އާއްމުކޮށް ކޮންމެ ދުވަހަކުވެސް އަންނަނީ ރޯދަ ވީއްލުން ދެމުންނެވެ. އަދި މި ރޯދަ ވީއްލުންތަކުގައި އެންމެ ގިނައި ތިބޭ މީހުންނަކީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. 

ރޯދަ ވީއްލަން ދިނުމަށް ސަލްމާން މިސްކިތް ގޯތިތެރޭ ބަހައްޓާފައި ހުރި ކާތަކެތީގެ ޕާރުސަލްތަކަކަށް ބިދޭސީންތަކެއް އަރައިގަންނަ ތަން ފެންނަ ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ. މީގެ ދެދުވަހެއް ކުރިން ހިނގި މި ހާދިސާގައި ވީޑިއޯގައި ފެންނަނީ ބަންގި ގޮވަން ކައިރިވުމުން ރޯދަ ވީއްލުން ދިނުމަށް ގެނެސްފައި ހުރި ޕާރުސަލްތައް ބަހައްޓާފައި ހުރި މޭޒަށް ބިދޭސީންތައް އަރައިގަންނަ ތެނެވެ. 

އެކަކަށްވުރެ ކުރިން އަނެކަކު ކާތަކެތި ނެގުމަށް އެމީހެއްގެ ގައިގައި ހުރި ބާރެއްލާފައި ކޮއްޕާ ގަޅުވަމުން ވަންނަތަނެވެ. އަދި މިކަމުގެ ސަަބުބުން މޭޒުމަތީ ހުރި ބަތް ޕާރުސަލްތައް ބިންމައްޗަށް ފައިބައިގެން ގޮސް މިސްކިތު ގޯތި ތެެރޭ ހަޑިވެފައިވާ މަންޒަރުވެސް މި ވީޑިއޯއިން ފެނެއެވެ. 

your imageމިސްކިތު ގޯތިތެރެއަށް ޕާރުސަލް ބަންޑުވެފައި 

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރައްވާފައެވެ. މިނިސްޓަރު އެފްބީގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މިސްކިތުން ފެނުނު ކަންކަން ހިނގާފައިވަނީ ރާއްޖޭގެ ރީތި ސަގާފަތާއި މުޅި ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ނުރުހުން ފަޅުކުރައްވާ މިނިސްޓަރު ވަނީ ރީދަ ވީއްލުން އިންތިޒާމު ކުރާ ފަރާރްތަކަށް އިންޒާރު ދެއްވާފައެވެ. 

" މިސްކިތްތަކުގައި ރޯދަ ވީއްލުން އިންތިޒާމު ކުރަން ހުއްދަ ދެވިފައިވާ ފަރާތްތަކުން އެކަން ރަނގަޅަށް އިންތިޒާމު ނުކުރާނަމަ ހުއްދައެއް ނުދޭނަން." ޝަހީމް އެފްބީގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

މިނިސްޓަރު ވަނީ މި ބާވަތުގެ ކަންކަން ދެން ތަކުރާރު ނުވާނެކަމަަށް ވިދާޅުވެފައެވެ. 

މާލޭގެ މިސްކިތްތަކުގައި ރޯދަ ވީއްލުން ދިނުމުގައި މީގެކުރިންވެސް މަދު ނަމަވެސް ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވެއެވެ. އެގޮތުން މި ރޯދަމަހުގެ ކުރީ ކޮޅު އިބްރާހިމް މިސްކިތުގައިވެސް ބިދޭސީންތަކެއް ކާތަކެތި ތަކަށް އަރައިގަނެ ޒުވާބު ކުރަމުންދާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް