ads
2 އަހަރު ވަންދެން ކިޑްނީ ކެންސަރް ބަލީގެ ވޭނުގައި: ތުޤާ އެދެނީ އެހީއަށް
14 އަހަރުގެ ތުޤާ ކިޑްނީ ކެންސަރް ބަލީގައި 2 އަހަރު: އެދެނީ ދީލަތި އެހީއަށް!
ޏ.ފުވައްމުލައް ދޫޑިގަން، ނިއުޕޯރްޓް އާއިސަތު ތުޤާ އަބްދުﷲ އައުޒަމް ކިޑްނީގެ ކެންސަރް ބަލީގެ ވޭނުގައި 2 އަހަރު ވަންދެން އުޅެމުން ދާއިރު، އޭނާގެ ފަރުވާއަށް އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
Advertisement

ތުޤާއަށް ޖެހިފައިވަނީ "ކްލިއާ ސެލް ރިނަލް ސެލް ކާރްސިނޯމާ" ނަމަކައް ކިޔާ ބައްޔެކެވެ. ބަލީގެ ހާލަތު އިތުރަށް ގޯސްވުމުން އަމިއްލަ ހާލައިގެން ނޫޅެވޭ ކަމަށް ވެސް ތުގާގެ މަންމަ ބުންޏެވެ. މި ބަލި ޖެހުމުން ހޮޑުލެވި، ތަންތާ ރިއްސާ، ވަރުބަލިވުން އަދި ލޭދަށް ވުން ވެސް ހިމެނެއެވެ.

ތުޤާގެ މަންމަ ސީއެންއެމް އައް މައުލޫމާތު ދެމުން ބުނީ މިހާރު އެންމެ ދަތިވަނީ 3 ކުދިން ގޮވައިގެން އުޅެން ޖެހޭތީއެވެ. އަދި ކިރުގެ ހަރަދަށް 9000 ރުފިޔާ ހަރަދުވާ ކަމަށް އޭނާ ބުންޏެވެ. އާއިލާގެ ފަރާތުން 200 ޑޮލާރާއި 400 ޑޮލަރު ވަރު ލިބޭކަމަށް ވެސް ބުންޏެވެ. ނަމަވެސް އޭގެއިން ތުއްތު ތިން ކުދިން ގޮވައިގެން ނޫޅެވޭކަމަށް އޭނާ ބުންޏެވެ. 

"އަޅުގަނޑު އެދެނީ ސަރުކާރުން ވެސް ކެނަސަރް ބަލީގައި އުޅޭ އާއިލާތަކަތް އެހީވުމަށް،" ކަމަށް ތުގާގެ މަންމަ ބުންޏެވެ. 

އުމުރުން 14 އަހަރުގެ ތުޤާ ބައްޔައް ފަރުވާ ހޯދުމަށް މިހާރުވެސް އިންޑިއާގެ ކޮއްޗިން ގައެވެ. ތުޤާ އަކީ ޑިސެއިބިލިޓީ ދަފްތަރުގައި ރަޖިސްޓާ ކޮށްފައިވާ ކުއްޖެކެވެ. އަދި ކޮންމެ 6 މަހަކުން ސީޓީ ސްކޭން ހަދަންޖެހި އަދި ކޮންމެ 6 މަހަކުން ލޮލުގެ ޑޮކްޓަރަށް ދައްކަން ޖެެހެއެވެ. މިހެންކަމުން ބަލި ހާލު ބޮޑުވެއްޖެ ނަމަ އަމިއްލައަށް ތެދުވެ ނޫޅެވޭކަމަށް ވެސް އޭނާގެ މަންމަ ބުނެފައި ވެއެވެ.

"ތުޤާ ބޭނުންވަނީ އަވަހަށް ރަނގަޅުވެ ކިޔަވާ މޮޅުކުއްޖަކައް ވާން. ވަރަށް ފޮނި އުއްމީދުކުރެވޭ،" ކަމަށް ވެސް އޭނާގެ މަންމަ ބުންޔެވެ.

ތުޤާ އަށް އެހީތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ :

 
އެކައުންޓް ނަން: - (Aminath Abdul Majeed)
ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު:
7724474781001  ( ރުފިޔާ އެކައުންޓް )
ޑޮލަރު އެކައުންޓް ނަންބަރު:
7730000613295 ( ޑޮލަރް އެކައުންޓް )

އިތުރު މައުލޫމާތު ހޯދުމަަށް:9706058 (ތުޤާ މަންމަ)

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް