ads
ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން
ޓީބީ އަވަހަށް ދެނެގަތުމާއި ފަރުވާގެ ފުރިހަމަކުރުމަށް ސަމާލުވުމަށް ރައީސް އިލްތިމާސްކޮށްފި
ކުރިއަށް އޮތް ތަނުގައި ޓީބީ ބަލި އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
Advertisement

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓުގައި ރާއްޖޭގައި ޓީބީ ކޮންޓްރޯލް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމުން، ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 ޕަސަންޓަށް އިތުރުކުރުމުގެ އަމާޒާއި، އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 ޕަސަންޓަށް އިތުރުކުރުމުގެ އަމާޒަށް ވާސިލުވެފައިވާ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. މިކަމުން ދައްކުވައިދެނީ ޞިއްހީ ދާއިރާގެ ފަންނީ މަސައްކަތްތެރީން މިކަމަށް ދެއްވާ އަހަންމިއްޔަތުކަމެވެ.

"މިއަހަރު، ލޭޓެންޓް ކޭސްތަކަށް، ޓިއުބަކުލޯކިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރައްވަމުންގެންދާ،" ކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީންކުރުމާއި، ބަލި ޑައަގްނޯޒްކޮށް ފަރުވާދިނުން، ރާއްޖޭގެ އަސާސީ ސިއްހީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ކުރައްވަމުންގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުސްތަގުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ޓީބީ ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް ރައީސް ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް