ads
ހއ.މޮޅަދޫ ގައި ބީއެމްއެލްގެ އޭޓީއެމްއެއް މިނިސްޓަރު ސައީދު ހުޅުވައިދެއްވަނީ
ދަރަނީގެ ދަންތުރައިން ގައުމު ސަލާމަތްކުރުމަށް ރައީސް މަސައްކަތް ކުރައްވާ: ސައީދު
ރާއްޖެ ދަރަނީގެ ދަންތުރައެއްގައި އޮއްވާ، އެ ހާލަތުން ގައުމު ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ސައީދު މިހެން ވިދާޅުވީ ހއ. އުތީމުގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ ކަންކަން އޮތީ މުޅިން އޮޅުންބޮޅުން އަރާފައި ކަމަށާއި، "މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ކަމަށް،" ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ އޮތީ ވަރަށް ބޮޑަށް ގޯސްވެ، ދަރާވިކި ދިއުމުގެ ނުރައްކަލުގައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒު ގައުމުގެ އިގްތިސާދީ މައްސަލަތައް ހައްލުކުރައްވަމުން ގެންދަވާއިރު، ރައްޔިތުންނަށް މުހިންމު ވަސީލަތްތައް ވަރަށް ބާރު ސްޕީޑުގައި ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ. 

"އޭޓީއެމް ފަދަ މާލީ ހިދުމަތްތައް ކުޑަ ރަށްރަށާއި ބޮޑެތި ރަށްރަށަށް ފޯރުކޮށްދެމުންދާ ކަމަށާއި، މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް،" ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ތެލެސީމިއާއަށް ފަރުވާ ހޯދާ ކުދިންނަށް ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް، އެމަނިކުފާނު އަމިއްލަފުޅަށް ނުކުމެވަޑައިގެން މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށާއި، ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި ކުދިންގެ ހާލު ގާތުން ބެއްލެވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

މިހުރިހާ ކަމަކުންވެސް ސާބިތުވަނީ ރައީސް މުއިއްޒު ރެއާއި ދުވާލު ރައްޔިތުންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް